ޚަބަރު

ދާރުލްއާސާރުގައި ދިދަ ތިރި ކުރަން މީހަކު ވެއްޓި ޒަޙަމް ވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤައުމީ ދާރުލްއާސާރުގައި ދިދަ ތިރިކުރަން އުޅެނިކޮށް، މީހަކު ވެއްޓި ޒަޙަމް ވެއްޖެއެވެ.

Ads by STELCO

ފުލުހުން ވިދާޅިވީ ދިދަ ތިރި ކުރަން އުޅުމުގެ ތެރޭގައި، ބިދޭސީ ސެކިއުރިޓީ ގާޑަކު ކައްސާލައިގެން ވެއްޓި، އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

މި ހާދިސާ ހިނގައިފައިވަނީ، އިއްޔެ 18:00 ހާއިރުއެވެ.

އެ ފިރިހެންމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައެވެ. ފުލުހުން އަންނަނީ، މިކަމާ ގުޅިގެން އިތުރަށް ކަންކަން ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!