ޚަބަރު

އެކްސިޓެންޑުވީ ހަފީޒު ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުނީމަ: ސައިކަލު ދުއްވި މީހާ!

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެކްސިޓެންޑުވީ ހަފީޒަށް ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުނީމައި ކަމަށް، އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން ޝަމްޢާން ޢަބްދުއްޝަކޫރު ބުނެފިއެވެ.

Ads by Sosun Fihaara

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޝަމްއާން ޢަބްދުއްޝުކޫރު (ލެގޫންވިއު، ރ. އިނގުރައިދޫ) ނަމަކަށް ކިޔާ 22 އަހަރުގެ މީހެކެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޝަމްއާންގެ ފަރާތުން މިހެން ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުންނެވެ. ޝަމްޢާނުގެ ފަރާތުން އޭނާގެ ވަކީލު ވާހަކަދައްކާފައިވާއިރު، ވަކީލު ވިދާޅުވީ ޝަމްޢާން ދުއްވަން އިން ސައިކަލުންޖެހި ހަފީޒަށް އަނިޔާވިކަމަށް ޝަމްޢާން އިންކާރު ނުކުރާ ކަމަށެވެ.

"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރުމުން، ސައިކަލް އަންނަ ތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން، ސައިކަލުގައި އަނިޔާ ލިބުނު ފަރާތްގޮސް ލައިގަނެގެން އެކްސިޑެންޓުވީ،" ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫންކަމަށް ފާހަގަކޮށް ޝަމްޢާންގެ ދިފާޢީ ވަކީލު ވިދާޅުވިއެވެ.

މިކަންތައް މިހެން ހުރުމުންނާއި، ފުލުހުން ތުހުމަތުކުރާ ޤާނޫނީ މާއްދާތަކަށް ބަލާއިރު ތުޙުމަތަކީ ޤާނޫނީ ބޮޑު ކުށަކަށް ނޫންކަމަށް ވިދާޅުވެ، ޝަމްއާނުގެ ދިފާޢީ ވަކީލު އެދިވަޑައިގަތީ ކަފާލާތުގެ ދަށުން ޝަމްޢާން ދޫކޮށްދެއްވުމަށެވެ.

މި މައްސަލަ ތަޙްޤީޤުކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، ޝަމްއާން އަތުގައި ސައިކަލްދުއްވުމުގެ ލައިސަންސް ނެތްކަމަށާއި ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވިކަމަށް ޝަމްޢާން އިޢުތިރާފުވާކަމަށެވެ.

ނަމަވެސް، ޝަމްޢާނަކީ ކުށުގެ ރެކޯޑު ހުރި މީހަކަށްވެފައި ސައިކަލު ދުއްވީ ލައިސަންސް ނެތި ބާރު ސްޕީޑުގައި ކަމަށްވާތީ، ފުލުހުން އެދިފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.

ޝަމްޢާނުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން ފާހަގަކުރި ކަންކަމަށް ބަލައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ޝަމްއާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެ، އޭނާ މައްޗަށް ކުރާ ތުހުމަތު ވުޖޫދުވުމުގެ ފުރުޞަތު އޮތަތީ، ކަފާލާތު ނުދީ 15 ދުވަހަށް އޭނާ ބަންދުކުރުމަށެވެ.

މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް މިހާރުވަނީ ފުރުވައިލައިފައެވެ.

Ads by Ooredoo
  1. އަޖާއިބު

    ޕެނިކުވީ ލައިސެންސް ނެތް ދުއްވު މީހާ

  2. ލޮރެންޒޯ

    އާނ އޭނަ ބާރު ސްޕީޑުގަ ދުވެފަ ގޮސް ކަލޭގެ ސައިކަލުގަ ޖެހުނީ. އީދެއް އަންނަ އިރަށް އަދިވެސް ބޮވޭތޯ ބަލާތި.

  3. ޙުށޭނު

    ކަލޭ އައްޕަ މަގެއްތަ މަޖީދީ މަގަކީ؟ ގައިގަ ހުރި ބާރު ލާފަ ދުއްވާފަ ތި ދިޔައީ؟ ސީސީޓީވީ އިންކަން އިގޭތަ އެތާ؟ ހަފީޒު ދިއައީ ސައިކަލާ ދިމާލަކަށް ނޫން.. ފަހަތަށް ފިޔަވަޅެއް އެޅީ.. އެޅުނީތީ މޭކަށިގަނޑަށް ކަލޭގެ ސައިކަލު އެރީ.. ދުއްވައި ގަނެވުން ނަމަ އޭނަ ދުނިޔެއަމު ނުހުންނާނެ މިހާރު. އެހާބާރަށް ކަލޭ ދިޔައީ.. ސީނުން ބަޗަންވެގެން “ބްރޯ ސައިކަލަށް އަރާ ރިލެކްސް ވެލާށޭ” ކިތާފަ ބެޗި ވީޑިއޯވެސް އެބައިން.. އަނިޔާއެއް މާކަ ބޮޑު ނުވޭ ކަލެއަކަށް!!!

    • ޚދޖދނ

      ދެން ކަލޭ އަމާ މަގެއް އެއީ.

      • ޙުށޭނު

        ސޮރީ ބްރޯ މަގޭ މަންމަ އެއަށް ވުރެ ކިޔަވައިގެން ހުރީ.. އެކަހަލަ މީހުނަށް މަގެއް ގަނެވޭނެތަ؟ ޒުވާނުންނަކަށްނު މަގު ގަނެވޭނީ…

  4. ޙުށޭނު

    ކަލޭ އައްޕަ މަގެއްތަ މަޖީދީ މަގަކީ؟ ގައިގަ ހުރި ބާރު ލާފަ ދުއްވާފަ ތި ދިޔައީ؟ ސީސީޓީވީ އިންކަން އިގޭތަ އެތާ؟ ހަފީޒު ދިއައީ ސައިކަލާ ދިމާލަކަށް ނޫން.. ފަހަތަށް ފިޔަވަޅެއް އެޅީ.. އެޅުނީތީ މޭކަށިގަނޑަށް ކަލޭގެ ސައިކަލު އެރީ.. ދުއްވައި ގަނެވުން ނަމަ އޭނަ ދުނިޔެއަމު ނުހުންނާނެ މިހާރު. އެހާބާރަށް ކަލޭ ދިޔައީ.. ސީނުން ބަޗަންވެގެން “ބްރޯ ސައިކަލަށް އަރާ ރިލެކްސް ވެލާށޭ” ކިތާފަ ބެޗި ވީޑިއޯވެސް އެބައިން.. އަނިޔާއެއް މާކަ ބޮޑު ނުވޭ ކަލެއަކަށް!

  5. ޙުށޭނު

    މަ ކަފިހި ހުރަހެއްގަ މަގު ހުރަސް ކުރާ އިރު އެވައްތަރަށް ހޭބޯ ނާރާ ކުރިކަނޑައިފިއްޔާ ބަލާނަން ފުރުސަތެއް ލިބޭތޯ. ބިއްލާﷲ ތެދަށް ފައި ކުރު ކޮށްފަ ލަޑާނަން ސައިކަލުގަ.. އެހެން ދުއްވާ މީހާ އަށް ވާ ބޮޑު ވަރެއް ވޭ.. ކަމެއް ނުކުރާ މީހެެއް ޙައްގެއް ނޫން އެހުގަ އޮންނާކަށް! ހަފީޒަކީ މި ޤައުމަށް އެތަށް ބައިވަރު ހުނަރެއް ނެރެދީފަ ހުރި ޚިދުމަތްތެރިޔެެއް! ޅަ އުމުރު ވިއްސި ވިހާލީގަ ހޭދަކޮށް ބޭކާރު ކުރުމުގަ.. މީހުނަށް ދުއްޕާން ކުރަން އުޅުނު މީހެއް ނޫން! އެހެންވީމާ ކޭގެ ފުރާ ައާ ހަފީޒުގެ ފުރާނައާ އަޅާވެސް ނުކިޔޭނެ.. އެފެންވަރެއް ނުހުންނާނެ ސީނުން ކަލޭ ފިލުވި އިތުރު ދެމީހުނާ ކަލޭގެ ފުރާނަ އެއްކޮށްލިޔަސް!!!
    ތި މައްސަލަ ބަލާ އައި އޯއަށްވެސް އެބަ ޖެހޭ 125 އައިކިއު ދީފަ ބްރޭވަރީ މެޑަލް ދޭން! ފިރިމީހާ ވެންޓިލޭޓަރުގަ މަރަށް ހަނގުރާމަ ކުރަން އައިސީޔޫގަ އޮށްވާ އަންހެނުންނަށް ގުޅާފަ ބުނީ “އަސްލު ސީސީ ޓީވީން ފެންނަ ގޮތުން ނަމަ ހަފީޒަށް ސައިކަލު އައިތަން ފެނެޔޭ” ބަލަ ހަފީޒު އެއީ ސުޕަމޭންތަ؟ ނޫނީ ޖިންނިއެއްތަ؟ ޓެލެޕޯޓު ވާން މީ ފޯނުން ކުޅެލާ ގޭމެއްތަ؟

  6. ސަރިންދާ

    ކޮބާބާ މަޑުއްވަރީ ކައުންސިލް ގެ އެސް ޖީ ގެ ގައިގާ ޕިކަޕުން ޖެއްސިބމީހާ އޭނަ ފިނިކޮޓަރީގަދޯ؟ އޭނައަތުގަ ލައިސަންސް އޮތްބާ!!! އިންސާފު ވަކި ބަޔަކަށް. އޭނަވީ މަރު އަދި ﷲ ގެ އިރާދަފުޅުން މީނަ މަރެއްނުވޭ…،

    • ޙުށޭނު

      ކަލޯ މީ ރާއްޖެ.. މީ ސަދޫމްގެ މޮކަޕެއް!! ހަފީޒަށްވެސް އިންސާފު ހޯދަން ވަރު މި އަރަނީ އާއިލާއާ ސްޓޫޑަންޓުންނާ އެކުވެރިންގެ އަޑުން.. ކައުންސިލް އެސްޖީއަށް ވެސް ދިމާވީ ހިތާމަވެރި ކޮށް.. އެކަމު އަޑެއް ނުކުންނާނީ ހެޔޮއެދޭ ދަންނަ ގާތް މީހުން އިސް ނަގައިގެން!!

  7. މާޖިދު

    މަގުމަތީގެ ގަވައިދު ތަކާހިލާފުވެގެން ހިނގާ އެކްސިޑެންޓް ތަކުގައި ކުއްވެރި ވާ ފަރާތަށް ލިބެންޖެހޭ އަދަބު އެބަޖެހޭ ޤާނޫނީގޮތުން ބޮޑުކުރަން… ކުށެއް ނެތި މަގުމަތީގަ ހިނގާފަ ދާމީހާ އަށް ބައެއްފަހަރު އެބަލިބޭ މުޅި އުރައް އަރައި ނުގަނެވޭނެ ވަރުގެ ބޮޑެތި ގެއްލުން.. އެކަމު ގަވައިދާ ހިލާފައް ދުއްވާ މީހާ ހަމަ މިނިވަން ކަމުގަ ނުކުމެ ދެވަނަ މީހެއްގެ ދުވަސްވެސް ދުއްވާލަންވީ.. ހިތުން ނުފިލާ ވަރުގެ އަދަބެއް ދޭނަމަ ކޮންމެސް ވަރަކައް މައިތިރިވާނެ..

  8. ޫުއުސްތާޙީ

    ތިކަމުގާ ތި ހާފިޒު ގެ ނުބައި އަމަލު ތަކާއެކު އޭނާ އެ ނިމެނީ �ދެން ނާނާނެ

    • ޙުށޭނު

      ކަލޯއަށް މަތިންތަ ވަޙީ އައީ؟ އަދި ހިންގާފަ އޭނަ މާލެ އަރުވާނަން އިރާދަ ކުރެއްވިއްޔާ!!

  9. ތިޔަަަ ބުނާ ރޭެ ގަަ މުޅިި މާލޭެ ގަަ ކުޑަޔަަ ލައިގެންް މަވަރުު ނެތިގެންް ދުވިި ތިޔަަ ސައިކަލްް ހޭބަލިި ވެގެންް