ޚަބަރު

ސަމާލުވޭ، އުތުރަށް ރީނދޫ އެލާާ‏ޓް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މިއަދު ޔެލޯ އެލާޓް ނެރުއްވައިފިއެވެ.

Ads by Hajj Corporation
އެލާޓް ނެރުއްވައިފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ހެނދުނު 11:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާ އިން ވިދާޅުވީ، އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25-30 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން އިލްތިމާސް ކުރައްވައިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!