ޑިމޮކްރެޓްސްގެ ޖަލްސާ، ނުހަނު ފުރިހަމަވެފައި ކާމިޔާބު: ޤާސިމް

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ފުރިހަމަވެފައި، ނުހަނު ކާމިޔާބު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާާތްތަކުން އުފެއްދި ޕާޓީއެވެ.
ރޭ ޣިޔާސުއްދީން ސްކޫލްގައި، މި ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ނަމާއި ކުލަޔާއި ލޯގޯ އަދި އަސާސީ ޤަވާއިދު ވެސް ފާސްކޮށްފައެވެ.
ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވީ ނުހަނު ކާމިޔާބު، އެހާމަ ފުރިހަމަ ޖަލްސާއެއްކަން ޔަޤީން ކަމަށެވެ.
އަދި އެކަމަށްޓަކައި، ޑިމޮކްރަޓްސް ގެ މުއައްސިސް ޙަސަން ލަތީފަށާއި، ރައީީސް ނަޝީދާއި އެ ޕާޓީ އަށް ތާއީދުކުރާ ފަރާތްތަކަށް ޤާސިމް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ތިތިބީ ހުސްހޭބުއްދި ފިލާފަތިބިމީހުން: