ޚަބަރު

ޕީޕީއެމް-ޕީއެންސީއާއި ޑިމޮކްރެޓްްސް ވާހަކަ ދައްކާތީ، ރައީީސް ޞާލިޙު ހަސަދަވެރި ވަނީ: ޝުޖާޢު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވީ އެކަނި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝުޖާޢު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޑިމޮކްރެޓްސްއިން ވާހަކަ ދައްކާތީ، ރައީސް ޞާލިޙު އުޅުއްވަނީ "ޖޭ" ވެގެން ކަމަށެވެ.

ޕީޕީއެމް ޕީއެންސީ އާއި ޑިމޮކްރެޓްސްއިން ސިޔާސީ މަޝްވަރާތައް ފަށައިފައިވާއިރު، ރައީސް މުޙައްމަދު ނަޝީދު ވަނީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވައި، އެހެން ކެންޑިޑޭޓަކު ނެރުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް، ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅަށް، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ވަނީ ރައްދު ދެއްވައިފައެވެ.

Ads by Allied Insurance
  1. ޗޯރުން ޑީލް ހަދަނީ ! ޗޯރުން ޑީލް ހަދަނީ ! ޗޯރުން ޑީލް ހަދަނީ !