އިތުރު މީހަކު 170 ކޮވިޑަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 6000 އިން މައްޗަށް
މިއަދު އިތުރު 170 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 139 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހަކާއި، އިންޑިއާގެ ހަތް މީހަކާއި ދެކުނު އެފްރިކާ މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6079 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2407 މީހުންނަށެވެ. އެގޮތުން 144 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3648 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން ވަނީ 24 މީހަކު މިހާތަނަށް މަރުވެފައެވެ.
Ads by Allied Insurance