ރިޔާސީ އިންތިޚާބު 2023 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނު ހަރަކާތުގައި މާފަންނު މެދުދާއިރާގެ ދޮރުންދޮރަށް ހަރަކާތް މިއަދު ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަން ޑިމޮކްޓެރިކް ޕާޓީ (އެމްޑީޕީ) އިން ބުނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްުގެ ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް މާލޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް މިއަދު ކުރިއަށްދާނެކަމަށާއި، އެ ހަރަކާތް ފަށާނީ ހަވީރު 3:45 ގައި، ދަނޑިކޮށި ޖަގަހައިން ފެށިގެންކަމަށެވެ.
ރައީސް ޞާލިޙުގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ އެމްޑީޕީ ޕްރައިމަރީ އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރައްވައި ކުރިހޯއްދަވާފައެވެ.
Ads by HDC