ޚަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން ވަގުތީ ލިސްޓުގައި ތިބި ގޯތި ލިބޭ މީހުންނާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑަރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭކަމަށް ވަގުތީ ލިސްޓުގައި ހިމެނޭ ބުނެފައިވާ މީހުންނާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓްގައި ހިމެނޭ، "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުން އެލިސްޓްގައި ހިމެނޭ "ގޯތި ލިބޭ" ފަރާތްތަކާވެސް ޖޮއިންޓްވުމުގެ ފުރުޞަތު ހުޅުވައިލައިފައިވާކަމަށެވެ.

އަދި ވަގުތީ ލިސްޓުގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ 9 ވަނަ މާއްދާގެ (ށ)ގެ ގައި ބަޔާންކޮށްފައިވާ މީހުން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުޞަތު މި މަހުގެ 15ގެ 23:59ގެ ނިޔަލަށް ހަމަޖައްސާފައިވެއެވެ.

މިގޮތުން، ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާންއެދޭ މީހުން ފޮނުވާ ރިކްއެސްޓް ސުންގަޑި ހަމަވުމުގރެ ކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓް އެ ރިކުއެސްޓް ޤަބޫލުކުރުމުންކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައިފައިވެއެވެ.

މި ސްކީމްގެ ދަށުން 23،088 މީހުންގެ ފަރާތުން 15،164 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އަދި ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ގޯތިލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނެއެވެ. ގޯއްޗަށް ހުށަހެޅި މީހުންގެ ތެރެއިން، 19،857 މީހުން ހުށަހެޅި 12،794 ފޯމެއްވަނީ ޝަރުޠުހަމަވެފައެވެ.

މި ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާޢިމީ ލިސްޓު އާންމުކުރަން ނިންމާފައިވަނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނިމި އެ ޝަކުވާތައް ބެލުމަށްފަހުގައިކަމަށް މަޢުލޫމާތުލިބެއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވަނީ 15 ޖުލައިއާއި ހަމައަށް ހުޅުވައިލައިފައެވެ.

މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމެވި ގޯތިތަކުގެ އަދަދު އިތުރުކުރުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްވަނީ ނިންމަވައިފައެވެ.

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ޖުމްލަ 6200 ގޯތި ދޫކުރަން ނިންމަވާފައިވާކަމަށާއި އެއީ ގުޅިފަޅުން 2000 ގޯތި، ގިރާވަރުފަޅުން 2000 ގޯތި އަދި ހުޅުމާލެފަޅުން 2200 ގޯތިކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ސަރުކާރުން ކުރިން ނިންމަވާފައިވަނީ 5000 ގޯތި ދިނުމަށެވެ.

Ads by Allied Insurance
  1. އަބްދޫ

    މިއީ ރާއްޖޭގަ ދުވަހަކުވެސް ގޯތި ބެހި ގޮތެއްނޫން މި ގޯތިތަށް މިދޭން އުލެނީ މުސްތަގްބަލުގަ މައްސަލަ އުފެދޭގޮތަށް. 3 ނުވަތަ 4 މީހުންގެ އެޕްލިކޭސަން އެއްކޮށްފަ 1200 އަކަފޫތް ތަނެއް. މިއކަށް ބިންވެރިޔާ ކިއުމުގެ ހައްގެއްނެތް ބިމުގަ ގަނަތެޅުން ކިޔަންވީ މާލޭގަ މިހާރު ހުރި ގޯތިތަކަކީ އެތައބަޔަކަށް ބަހަންޖެހޭ ގޯތި މިހާރު ދެވޭގޯތި ވެސް މިޖެހެނީ އެތައްބަޔަކަށް ބަހަން މި އީ އރަތެއް . ގޯތީ ނަމުގަ ބިމެއް 3 ހަތަރު މީހަކަށް މިދެނީ ބިންގަންނަ މީހުން އެގޯތިތައް 15 ނުވަތަ 20 މިލިއަން ރުފިޔާ އަށް ވިއްކާލާނެ އެބިނަ ގަންނަން އަންނާނީ އިންޑިޔާގެ މަހުޖަނުން. ދެން ޖޮއިނވާ މީހުނަށް ފައިސާ ބަހާލާއީ

  2. ޢިސްމާއީލް ކަންޑާ

    މީގެ ފަހުން ސަރުކާރުން ބިންވެރީޔާ ނުކިޔާތި ކިޔާނީ އަޅުވެރިޔާ އޭރުން ރަގަޅު ވާނެ