ﷲއަށް ހަމްދުހުރި، މިއަދު އިތުރު 160 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 160 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 160 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3،648 އަށް އަރާފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 170 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 139 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހަކާއި، އިންޑިއާގެ ހަތް މީހަކާއި ދެކުނު އެފްރިކާ މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6079 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2407 މީހުންނަށެވެ. އެގޮތުން 144 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މި ބަލީގައި ރާއްޖެއިން 24 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.