ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްދަކަވަމުން ރައީސް ޞާލިޙް ވިދާޅުވީ 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވެ، ކުރަން ފެށި ކަންތައްތަކުން މުޅި ރާއްޖެ އަށާއި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ފެނިގެން ދާނެ ކަމަށެވެ.
އަދި އުފާވެރި އަމާން ރާއްޖެއެއް އެއީ ކޮންމެ ރައްޔިތަކުންވެސް ބޭނުންވާނެ ކަމެއް ކަމަށާއި، އެއީ ހަމައެކަނި ބުނާ ބަހަކުން ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެއާއެކު ކުރަންޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ފާއިތުވި 5 އަހަރު ދުވަހު މި ސަރުކާރުން ކުރި އެންމެ ބުރަ އެންމެ މުހިންމު މަސައްކަތަކީ މި ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމަޢުއަކަށް ހެދުމަށް ކުރި މަސައްކަތްކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ އާބާދީގެ ކުޑަ ބޮޑުމިނެއް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓުން ކިތަންމެ ބައިވަރު ވައުދެއް ވިޔަސް އެބޭފުޅުން ވެރިކަމުގައި ތިއްބެވި އިރު ކަން ހިނގައި ދިޔަގޮތް ބަލައި އެކަން ރައްޔިިތުން ދަންނަން ޖެހޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގޮތް ނިންމާއިރުވެސް އެ ސަރުކާރުތަކުގައި ކަން ހިނގަމުން ދިޔަގޮތާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން "އަޅުގަނޑުމެން ވައުދެއް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ ވައުދު ފުއްދައި ދޭނަން" ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައިސްސޯލިހުތިބޭފުޅާވައުދޭކިއާގެއްކޮމަޢޑޫރަތްޔިތުއްގުބޯހައްދަވައްނޫޅުއްވަތިއޮތީމިހާރުވެސްތިއޮތީދެކޮމައްމައްޑޫގުޅާލައްބުނިވައުދުވެސްނުފުދިފައަނެއްމިހާރުތިއައުޅުއްވަނީރިއާސީއިންތިހާބުކާމިއާބުކުރުމައްޓަކާއެއާޕޯޓޭކިއާގެއްކޮމައްޑޫރަތްޔިތުއްގެފިކުރާކުޅެލާގެއްއިންތިހާބުއްވޯޓުހޯދައް)ހަމަގާމުވެސްހިއްސުތަޢފުރިހަމެއިންސާނަކު).ރައިސްސޯލިހުއަކައްވޯޓެއްނުދެޢްވާނެވޯޓުދޭނީމިގައުމުނެތިކޮއްލައްބޭނުއްވާމީހުއްމިގައުމުދެކެލޯބިވާމީހަކުސޯލިހުއަކައްވޯޓެއްނުދޭނެ