ރައީސް ދަތުރުފުޅު ކުރައްވާ 40 މިލިއަން ރުފިޔާގެ ލޯންޗަކީ އެމްޑީޕީން ކުއްޔަށް ނަގާފައިވާ ލޯންޗެއް
![](https://dhen.mv/wp-content/uploads/2023/07/019-Raees-Solih-Launch-magic-land-850x548.jpg)
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ކެމްޕެއިންގައި ރަށްރަށަށް ދަތުރު ކުރައްވާ ލޯންޗު ކުއްޔަށް ނަގާފައިވަނީ އެމްޑީޕީގެ ހަރަދުގައި ކަމަށް ކެމްޕެއިން ޓީމުން ބުނެފި އެވެ.
ރައީސް ޞާލިހު ކެމްޕެއިން ދަތުރުތައް ކުރައްވަނީ 40 މިލިއަން ރުފިޔާގެ އަގުބޮޑު ލަގްޝަރީ ލޯންޗެއްގަ އެވެ. އެ ލޯންޗު ކުއްޔަށް ނެގީ ކެމްޕެއިންގެ ދަތުރުތަކަށް ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރަން ބޭނުން ނުވާތީ އެވެ.
ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް ރައީސް ޞާލިހު ދަތުރުކުރެއްވީ ކުއްޔަށް ހިފި ލޯންޗެއްގަ އެވެ. އަދި މިހާރު ކުރަމުންދާ ކެމްޕެއިންގެ ދަތުރުތަކަށްވެސް ލޯންޗު ކުއްޔަށް ނެގީ އެއުސޫލުންކަމަށް އެ ޓީމުން ބުނެ އެވެ.
![](https://dhen.mv/wp-content/uploads/2023/07/020-raees-solih-launch-magic-land-300x189.jpg)
ރައީސް ޞާލިހު ދަތުރު ކުރައްވާ ލަގްޝަރީ ލޯންޗުގެ އެތެރެ
ރައީސް ދަތުރު ކުރައްވާ "މެޖިކް ލޭންޑު" ނަމަކަށް ކިޔާ ސިރެނާ 64 މަރުކާގެ މި ލޯންޗުގެ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 40 މިލިއަން ރުފިޔާ އެވެ. މި ޔޮޓުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިއާއި ބަދިގޭގެ ހިދުމަތްވެސް ލިބެން ހުރެ އެވެ.
ރައީސްކަމުގައި ހުންނަވާ ބޭފުޅުން ސިޔާސީ ދަތުރުތައް ކުރުމަށް ދައުލަތުގެ މުދާ ބޭނުންކުރައްވާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. ރައީސް ޞާލިހު ރިޔާސީ ލޯންޗުކޮޅުގައި ދަތުރުތައް ނުކުރައްވަން ނިންމެވީ މިކަންބޮޑުވުމަށް ނިމުމެއް ގެނައުމަށްކަމަށް އެމްޑީޕީން ބުނެ އެވެ.
ދުލުގާ ނުހުރޭނު ކަންޓެއް.ބޭނުންގޮތަކަން.ބަށްޓަން ކުރެވިދާނެ
ދެންހެޔޮ ތަ ރައްޔިތުންގެ ޓެކުސް ފައިސާއިން ތިލޯންޗަށް ލާެރިދެއްކިޔަސް ކިހާތާހިރު ނޯހުގެ ސުރުހީ ކިހާވަރެއް ދީގެންބާ މިއުޅެނީ