ޚަބަރު ސިޔާސީ

ތާރީޚުގައި ވެސް އެންމެ މަދުން ވޯޓުން ލިބޭނީ ރައީސް ޞާލިޙަށް: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ތާރީޚުގައި ވެސް، އެންމެ މަދުން ވޯޓު ލިބިވަޑައިގެން، ރިޔާސީ އިންތިޚާބަކުން ބަލިވެވަޑައިގަންނަވާނެ ވެރިއަކަށް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގަންނަވާނެ ކަމުގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވީ، ޕީޕީއެމް-ޕީއެންސީއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައެވެ.

މި ޖަލްސާގައި އާދަމް ޝަރީފު ވަނީ ރައީީސް ޞާލިޙަށް ވޯޓު ދޭން ނުޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމުގައި ރައީސް ޞާލިޙު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށާއި، ދިވެއްސަކު ޔޫކޭގައި އިސްލާމްދީނާ ޚިލާފު އެއްވުމެއްގައި ބައިވެރިވުމުން ވެސް، މި ސަރުކާރުން ޗުއްޕު ވެސް ނުބުނާ ކަމަށެވެ.

"ރާއްޖޭގެ މިސްކިތްތަކުގެ ޙުރުމަތް ކަނޑައިފި، އެއްވެސް ވާހަކައެއް(ސަރުކާރުން) ނުދައްކާ."

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، އިދިކޮޅު ލީޑަރު ރައީސް ޔާމީންއަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސަރުކާރުން ބުނާތީ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު ހާމަވާ ކަމަށެވެ.

Ads by HDC
  1. ދަތްދޮޅި

    ކަލެއަށް ކީއް!

  2. ވޯޓް ލީމާ އެގޭނީ މަދުތޯ ގިނަތޯ ވަނީ !