ޚަބަރު

ރާއްޖެއިން އިންޑިއާއާއިއެކު ނުވަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެއިން އިންޑިއާ އާއިއެކުގައި ނުވަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.

ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ހއ. އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރިކުރުމާއި، ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓެއް ޤާއިމުކުރުމާއި،  ށ.ކޮމަންޑޫގައި ވޮލީ ކޯޓެއް އެޅުމާއި، މ. ދިއްގަރުގައި ގޭދޮށު މަސްޕްލާންޓް އެޅުމާއި، ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި ވަސީލަތްތައް ހޯދުމުގެ އެއްބަސްވުމާއި، ތ.ވިލުފުށީ ސުކޫލުގައި ސުކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާއި، ސަރުކާރު ސުކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް އަޕްގްރޭޑް ކުރުމުގާއި ގއ. ކޮނޑޭގެ މަގުތަކުގައި މަގު ބައްތި ހަރުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ވެސް އިއްޔެ ވަނީ ސޮއި ކޮށްފައެވެ.

ޝާހިދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ads by Allied Insurance
  1. މިހާރު ދިވެހިރާއްޖެ އަކީ އިންޑީޔާގެ ސްޓޭޓެއްތޯ ؟ ސްކޫލް ކުލާސް ރޫމް ހަދަނީވެސް އިންޑިޔާއިން !