ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީ ރުޅާލާނެކަމަށް!
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ, އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފިއެވެ.
ރައީސް ނަޝީދު މިިހެން ވިދާޅުވީ, އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު އެޕާޓީން ވަކިވެ، އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންތަކެއް އުފެއްދެވި "ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ރައީސް ނަޝީދު ވާހަކަފުޅު ފައްޓަވަމުން އަދި ނިންމާލަމުން ވެސް ތަކުރާރު ކުރެއްވީ މި ވާހަކައެވެ.
"އަޅުގަނޑުގެ ރަހުމަތްތެރިން އެމްޑީޕީގައި ތިބި. އަޅުގަނޑު ދަންނަވަން އޮތީ ތިޔަ ތިބީ ގޯސް ތަނުގައޭ. ތިޔަބޭފުޅުންނަށް ލޯނެއް ލިބިދާނެ. އަޅުގަނޑު އެމްޑީޕީ ރޫޅާލަން. ރޫޅާލާނަން. ރޫޅާލަނަން. ރޫޅާލާނަން. ތިޕާޓީގެ ކެޔޮކަނޑު ވެއްޓިއްޖެ. ތި ޕާޓީ ރޫޅާލާނަން."
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މައިގަނޑު އަމާޒަކަށްވީ ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. އެކަމަކު އެ އުސޫލުތައް އެމްޑީޕީން ގެއްލުވާލުމުން، ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފައްދަވަން މަޖުބޫރުވި އެ ހަމަތައް ހިފެހެއްޓުމަށްޓަކައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އޮވެ، ސިޔާސީ އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން މިވަގުތީ ވަގުތުކޮށް ނުހަނު ވިސްނަން ޖެހޭކަމަށެވެ. ސިޔާސީ މަޤާމާއި، ބާރުވެރިކަމުގައި ލިބިދާނެ މަންފާތަކެއް އޮވެދާނެ ކަމަށާއި، ނަމަވެސް މީހާއަށާއި، ޤައުމަށް ލިބޭނެ މަންފާއެއް ނޯންނާނެކަމަށެވެ. އެމްޑީޕީން ގަބޫލުކުރި އަސާސްތަކާއި އުސޫލުތައް ފެންނަން އޮތީ ޑިމޮކްރެޓްސްގެ ތެރެއިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ތިޔަކަންވެސް ވެދާނެ އެހެންނަމަހީވެސް ކުޅެން ކޮންކޮމެން ގެންގުޅުނު ދަނޑިބައި ނބައދޮރަކުން ނުދާކަމައް ވާނެތަ
މިގޮލާ ހަމަރަނގަޅަށްވެސް މޮޔަވެފަ އެހުރީ ހަމަހީހީހަލާކު!
ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން! ދެނެއް ރައްޔިތުންގެ މަޖްލީހުގެ ރައީސްކަން ކީއްކުރަން އެތަނުން ގޮނޑިގަޑެއްވެސް ނުލިބޭނެއެވެ.