އަންނަ ހަފްތާގައި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލަނީ

ކުރީގެ ރައީސް, މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީ, ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް އަންނަ ހަފްތާގައި ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވެފައިވަނީ, ގ. ބޮޑުފެންވަޅުގޭގައި މިރޭ ބޭއްވި ޑިމޮކްރެޓްސްގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައެވެ.
ހަސަން ވިދާޅުވީ, އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ 17 ވަނަ ދުވަހު ޕްރައިމަރީއަށް ހުޅުވާލެވޭތޯ ކަމަށެވެ.
"އަޅުގަނޑުމެން ވިސްނައިގެން މިތިބީ މި މަހުގެ 17 ހިސާބުގައި އިއުލާންކުރެވޭ ވަރުވޭތޯ ޕްރައިމަރީއަށް ހުޅުވާލަން. ދެން ކުރިމަތިލާން ލިބޭ މުއްދަތާއި ބާއްވާނެ ދުވަހާއި މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޓީން އެ މަސައްކަތް ކުރަމުން ގެންދާނެ" އެ ޕާޓީން ރިޔާސީ ޕްރައިމަރީގައި ނެރެނީ ކާކުތޯ މެންބަރަކު ސުވާލުކުރުމުން ޖަވާބުގައި ހަސަން ވިދާޅުވިއެވެ.
ތިންހާސް ހަމަވާނުވާގެ ޕާރޓީތަކުން ޖަހާ ފޮޑީގެ ހަބަރުތަކުން އަގުބޮޑު ނޫސްތަށް ފުރާނުލާށެވެ. ކްލަބް މާޒިޔާގައިވެސް އެއަށްވުރެން ބޯގިނަވާނެއެވެ.