ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރި އިންޑިއާގެ ތިން އަންހެނަކު ދޫކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވައްކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ ތިން މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

Ads by MWSC

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި، ވައްކަމުގެ މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ، އުމުރުން 20 އަހަރުގެ ވިރުޕާލް ކައުރު ނަމަކަށް ކިޔާ އިންޑިއާ އަންހެނަކާއި، 22 އަހަރުގެ ސުހްވިންދަރު ކައުރު އަދި 24 އަހަރުގެ ޖަސްޕްރިޓީ ކައުރެވެ.

މައްސަލާގައި އެ 3 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ވަނީ ޝަރުތުތަކަކާއި އެކު އެ މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ބަންދު އަޑުއެހުމުގައި ފުލުހުން ވަނީ އެ މީހުން ވަގަށް ނެގިތަކެތި އޭގެ ވެރިފަރާތަށް ދީފައިވާ ކަމަށް ބުނެފައެވެ. އަދި 3 މީހުންނަކީޥެސް ޤަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށް ވަނީ ބުނެފައެވެ. ޝަރުތުތަކަކާއި އެކު އެ މީހުން ދޫކޮށްލަން ފަނޑިޔާރު ނިންމެވީ އެކަންކަމަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.

Ads by HDC
  1. ޟަމް

    ާިަްަަްިއންޑިޔާ ގެ ޕަންޖާބު މީހުންނަން ވަރަަަައް ބަލަން ވާނެ. ވިޔަފާރި ވެރިން އަދި މެއިޑުން ގެންގުޅޭ މީހުންވެސް . ވަރަށް ޗޯރު ބައެއް