ޚަބަރު

އެމްޑީޕީގެ ޖަގަހައަކަށް ބިލު ކުރާނެ ކަމަށް ބުނުމުން، ފެނަކައިގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ލ.ފޮނަދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ބިލު ކުރާނެ ކަމަށް ބުނި ފެނަކަ މުވައްޒަފަކު ސަސްޕެންޑްކޮށް، ނޯޓިސް ފޮނުވައިފިއެވެ.

Ads by Sosun Fihaara

މި މައްސަލައިގައި ސަސްޕެންޑް ކޮށްފައިވަނީ، އެރަށު ޒަމާނީ ވިލާ، އަބުދުލް މުހުސިން ޢަލީއެވެ.

އޭނާއަށް ފޮނުވައިފައިވާ ނޯޓިސްގައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މުސާރަ ނުލިބޭގޮތަށް 15 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ފެނަކައިގެ ޑިރެކްޓަރ އުސައިދު ހުސެއިން ސޮއިކޮށް މުހުސިނަށް ފޮނުވައިފައިވާ ސިޓީގައި ވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓުމަންޓުން މުހުސިނާއި ގުޅޭ މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމަށާއި މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފެނަކައިގެ ޤަވާއިދުގެ 40 ވަނަ މާއްދާހެ (ހ) އަށް ރިޢާޔަތްކޮށް 13 ޖުލައި 2023 އިން ފެށިގެން 15 ދުވަގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީގޮތުން އޮފީހުގެ މަސައްކަތަށް ނިކުތުން މަނާ ކުރެވިފައިވާ ކަމަށެވެ.

މުހުސިން އެމްޑީޕީގެ ފޮނަދޫ ޖަގަހައަށް ވިޔަފާރި އުސޫލުން ކަރަންޓް ބިލު ކުރާނެކަން އަންގައި ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ ވަގުތީ ގޮތުން ޑިޕާޓްމަންޓާއި ހަވާލުވެ ހުރުމުގެ ސަބަބުންނެވެ.

މިކަމާއި ގުޅިގެން ފެނަކައިގެ މީޑިއާގެ ބަހެއް ހޯދަން، މި ނޫހުން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

Ads by HDC
  1. މޑޕ ދާނީމުޅިންވެސްއެގޮތަން.ވަޒީފާގެބިރުދައްކަމުން މިހާރަގަޅު ސަރުކާރެންނޯނާނެޔޭ ކިޔަމުން