ޚަބަރު ސިޔާސީ

އަމާޒަކީ ރަކީދޫގެ އުފަން ދަރިން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެއްދުން:ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރަކީދޫއަށް އުފަން ދަރިން ރަކީދޫއަށް ބަދަލުވުމުގެ ރޫހެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ ރިޔާސީ  އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނު މިހާރު ވާވު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަކީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ދަތިތަކެއް ހުރި ނަމަވެސް އެރަށުގެ ސުކޫލު ނިމި ހުޅުވުމާ ހަމައަށް ގޮސްފައި ވާކަމަށާއި، ސުކޫލުގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް ދެ ފަހަރަކު އިއުލާނުކޮށްގެން ވެސް ރަށުގެ ރައްޔިތަކު އެކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެ، ރަށުގެ އުފަން ރައްޔިތުން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެދިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މ. އަތޮޅުގެ ކެމްޕެއިނު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ ވ. އަތޮޅަށް ކެމްޕެއިނު ފައްޓަވައިފަ އެވެ. މި ދަތުރުގެ ފުރަތަމަ ވަޑައިގެންނެވީ ރަކީދޫއަށެވެ. ރަކީދޫއަށް ވަޑައިގެން އެމަނިކުފާނުވަނީ ވ.ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު އިފްތިތާޙުކޮށް ދެއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!