ރައީސް ތަކުރާރުކޮށް ވިދާޅުވަނީ ދެވަނަ ދައުރެއް މުހިންމު ކަމަށް
![](https://dhen.mv/wp-content/uploads/2023/07/IMG_20230717_201428_663-850x548.jpg)
މިހާރު ފައްޓާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ވެރިކަމުގެ އިތުރު ދައުރެއް ލިބިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ، ވ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ފެލިދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ރައީީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި،
މިހާރު ރާވާފައި ހުރި ކަންކަން ނިންމޭނީ އެ މަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބިގެން ކަމަށެވެ.
"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. މި ރަށުގެ ރައްޔިތުން އެކަމާ ވިސްނައި ފިކުރު ކުރުމަށް އަޅުގަނޑު ގޮވާލަން."
ރައީސް ވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ނުވައެއް ސެޕްޓެމްބަރުގައި ރައްޔިތުން ނިންމާ ނިންމުން އެއީ މުހިއްމު ނިންމުމަކަށް ވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާރު ރާވާފައިވާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދެވޭނީ މި ސަރުކާރު އަދި ކޯލިޝަން އިތުރު ފަސް އަހަރަށް ހޮވައިގެންނެވެ.