ޚަބަރު

އާދަމް ޝަރީފްގެ ތައުރީފް ނަޝީދަށް: ކޮރަޕްޝަނާ ދެކޮޅަށް ތި ކުރައްވާ މަސައްކަތް ބަލައިގަންނަން

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮރަޕްޝަނާ ދެކޮޅަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ މަސައްކަތައް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ތައުރީފު ކުރައްވައިފިއެވެ.

Ads by STELCO

އާދަމް ޝަރީފް މިހެން ވިދާޅުވީ ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ހިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ އޭނާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ މި މައްސަލަ މަޖިލީހަށް ބަލައިގަތް ކަމަށްޓަކައި ރިޔާސަތަށް ޝުކުރުވެރިވާ ކަމަށާއި އަދި މަޖިލީހުގައި ތަޅުމުގައި ނެތް ނަމަވެސް މަޖިލީހުގެ ރައީސް، ނަޝީދުގެ ނަންފުޅު ފާހަގަކުރައްވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ މި ބާވަތުގެ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރެއްވުމަށް އަދި ކޮރަޕްޝަން އޮތް ދޮރުތައް ބަންދު ކުރެއްވުމަށް ޓަކައި ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައެވެ.

"އަޅުގަނޑު ގަބޫލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މި ބާވަތުގެ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރެއްވުމަށް އަދި ކޮރަޕްޝަނަށް އޮތް މަގުތައް ބަންދުކުރުމަށްޓަކާ ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ނަޝީދަށް ތައުރީފް ކުރެއްވުމުން އެވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް އަތްތިލަ ބަޑި ޖައްސަވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!