ޚަބަރު

ސިމްވާރް ސިޔާސީ މަޤާމުން އިސްތިއުފާދީ, ޑިމޮކްރެޓްސްއާ ގުޅިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އަންވަރު (ސިމްވާރް) އިސްތިއުފާ ދެއްވައިފިއެވެ.

Ads by MWSC

މިއަދު ސަރުކާރުން އޭނާ އިސްތިއުފާ ދެއްވިއިރު, އިސްތިއުފާގެ ސިޓީގައި ސިމްވާރް ވިދާޅުވީ ސަރުކާރުގައި މަސައްކަތް ކުރަން ރައީސް ޞާލިޙް ދެއްވި ފުރުސަތަށާއި، ރައީސް ޞާލިޙް ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއަށް އޭނާ ވަނީ ސޮއިކުރައްވާފައެވެ.

ސިމްވާރު ވަނީ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދާއެކު ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވެފައެވެ. ޕްރައިމަރީއަށްފަހު އޭނާ މީސްމީޑިއާއިން މާބޮޑަށް ފެނިގެން ގޮސްފައެއްނުވެއެވެ.

ސިމްވާރް ސަރުކާރުން އިސްތިއުފާ ދެއްވިއިރު ހެރިޓޭޖް މިނިސްޓްރީގައި މަސައްކަތް ކުރާ ޝައްމޫން ޖަލީލް (ލޫކަސް) ވަނީ ސަރުކާރުން އިސްތިއުފާދީފައެވެ. ލޫކަސް އަދި ސިމްވާރަކީ މީސްމީޑިއާ އެކްޓިވިސްޓުންކަން ފާހަގަކޮށްލެވެއެވެ.

Ads by HDC
  1. ފޯކައިދޫ

    ހާދަ އުފާވެރިއޭ.. ކުނިބުނިން ސާފުވާތީ..