މުއައްސަސާތަކަށް ނުފޫޒު ނުފޯރުވަން، މަސައްކަތް ކުރަނީ ޤާނޫނީ އިމުގެ ތެރެއިން: ރައީސް ޞާލިޙް
![](https://dhen.mv/wp-content/uploads/2023/07/77411A49-3B9C-4FBC-AC16-863D95580446-850x548.jpeg)
މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ހއ. ކެލާގައި މިއަދު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ ބައެއް ބޭފުޅުން ފޯނުކޮށްލާފައި މުއްސަސާއަކަށް ތަނަކަށް ގުޅާލާފައި ބުނީމަ ހުއްދަ ދޭނެއޭ ވިދާޅުވާ ކަމަށެވެ. “މިސާލަކަށް އޭސީސީގައި އޮންނަ މައްސަލައެއް ނިންމަން އަޅުގަނޑު ކިހިނެއްތޯ ގުޅާފައި މިވެނި މައްސަލައެއް މިހެން ނިންމަން ބުނާނީ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން” ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް އައީ ކޯލިޝަނަކާ އެކުގައި ކަމަށާއި އެ ކޯލިޝަން ދަމަހައްޓާނެ ކަމަށެވެ.
"ވެރިކަމަށް އައުމަށްފަހުގައި ދެން ކުރަންޖެހޭނެ ކަމަކީ ވެރިކަން ދެމެހެއްޓުން، އެއީ ވެފައި ހުރި ވައުދުތައް ފުއްދުމަށް،" ރައީސް ވިދާޅުވިއެވެ.