ޚަބަރު

ނޫސްވެރިޔާ ކޮއްޕާލި ފުލުސް މީހާ ސަސްޕެންޑްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުން ނޫސްވެރިން ކޮއްޕައި ވައްޓާލާފައި

މިއަދު ހަވީރު ޕީޕީއެމް-ޕީޕީއެމްގެ ފަރާތްތަކުން ކުރަމުން ދިޔަ އިޙްތިޖާޖު ކަވަރު ކުރަމުން ދިޔަ ނޫސްވެރިޔާ ކޮއްޕާލާ, ބިންމައްޗަށް ވައްޓާލި ފުލުސް މީހާއަށް ފިޔަވަޅު އަޅައިފިއެވެ.

Ads by MWSC

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. އަދި މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ވަނީ އިށީންދެގެން ތިބެ, މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އެބޭފުޅުން ހައްޔަރު ކުރުމުގެ ކުރިން, ފުލުހުންވަނީ އެ ސަރަހައްދުން މީޑިއާ ދުރަށް ޖައްސަން މަސައްކަތްކޮށްފައެވެ. މީޑިއާތައް ދުރަށް ނުދިއުމުން ފުލުހުންވަނީ ލީޑަރޝިޕްގެ ބޭފުޅުން ހައްޔަރުކޮށްފައެވެ.

އެ ބޭފުޅުން ހައްޔަރު ކުރާ މަންޒަރު ކަވަރު ކުރަމުންދިޔަ ޗެނަލް13ގެ ނޫސްވެރިޔަކު ފުލުހުންވަނީ ކޮއްޕާލާފައެވެ. އެ ނޫސްވެރިޔާއާއެކު އެވަގުތު އެ ތަނުގައި ހުރި ސަންގް ޓީވީގެ ނޫސްވެރިޔާ ވެސް ވަނީ ބިން މައްޗަށް ވެއްޓިފައެވެ.

ފުލުހުން މިއަދު އަމަލު ކުރި ގޮތުން, ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

  1. ކައްޒާބު

    ހުސްދޮގު ސަރުކާރުން އަންގައިގެން އަނިޔާކުރަނީ، އެހެންވީއިރު ޕޮލިސްމީހާ ސަސްބެނޑުކޮށް މައްސަލަ ބަލާނެތަ، މިއެއްނޫނޭ ތި ޕޮލިހުން ފުރަތަފަހަރެއްނޫނޭ އަނިޔާ މި ކުރީކީ، ކިތައްމީހުންގެ އަފްފައިގެ އިނގިލިތައް ބިންދައިފިތަ ކިތައް މީހުންގެ ކުޑަހުލުތައް ބިންދާ އެކި ގޮތްގޮތުން ޖިސްމާނީގޮތުން ޖިންސީ ގޮތުން ތި ޕޮލިހުން އަނިޔާކޮށްފިތަ، ހިއުމަންރައިޓަށާ ދެންވެސް ހުރިތަނަކަށް ހުށައއަޅައިފިތަ، އެކަމަކުވެސް ކަހާތަން ހިރުވާލާހެންވެސް ހީނުވެ އެތިބެނީ މި އަނިޔާވެރިސަރުކާރާ ބައިއަތުހިފައިގެން ބަހެއްވެސްނުބުނެ ޗުއްޕުކިއައިގެން، މިވަރުގެ އަނިޔާވެރި ލާއިންސާނީ ދުވަހެއް މިގައުމުން ދުވަހަކުވެސް ހަދާނެއްގަ ނުދެކެން.

    • ޙަސަން

      ޔަގީނޭ ސަރުކާރު ބަދުނާމު ކުރަން ބަޔަކު ލާރި ދީގެން ފުލުސްމީހާ ހިންގި ކަމެއްކަން. ހެހެހެހެ

    • އައިޕީ އެޑްރެސް

      ހަހަހަ ނުރޯ ކޮއްކޯ ، އަދި ރަނގަޅުވާނެ

  2. ސަދަންގޫރު

    ސްކޫލްގަ ލަދުރަކި ގޮތުގަ އުޅުން ސޮރުމެން ފުލުހުންވަޒީފާ ލިބުނީމަ ވަރަށް ތިކަހަލަ ވާނެންނު…

  3. ކައްޒާބުއަށް

    ކައްޒާބޫ ސަރުކާރުގެ ވެރިއެއް އިސްވެ ހުރެ އެމްއެމްޕާއާރުސީ ވެސް ފަޅާލާ މިލިއަނުން ކައިފި. އެދުވަސް ދިޔަގޮތަށް މިދުވަސްވެސް ގޮސްދާނެ.

  4. ގައިގަ ކަމެއް ވެސް ނުހުންނަ ސޮރެއް ދޯ މިއުޅެނީ