ދީން

ޢާޝޫރާ ވިލޭރޭގައި “އާޝޫރާ ދުޢާ”ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި ވަކި އަޅުކަންތަކެއް ކުރުމަކީ ދީނުގައި ނެތް ބިދުޢަ ތަކެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޢާޝޫރާ ވިލޭރޭގައި “އާޝޫރާ ދުޢާ”ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި ވަކި އަޅުކަންތަކެއް ކުރުމަކީ ދީނުގައި ނެތް ބިދުޢަ ތަކެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައިއަލިއަޅުވާލައިފައިވާ މައުޟޫއު އަކީ" އިސްލާމްދީނަކީ ސާފްތާހިރުކަމުގެ ދީން "މިއެވެ.

ޚުތުބާގައި ބުނެފައިވަނީ އެ ދުވަހު ވަކި އަޅުކަންތަކެއް ކުރުމާއި ވަކި ދުޢާއެއް ކިޔުން ދަިނުގައި ޝަރުޢު ކުރައްވާފައި ނުވާ ކަމަށެވެ. އަދި ޢާޝޫރާ ދުވަހަކީ ފިރްޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވާ ފިރްޢައުނާއި އޭނާގެ އާއިލާ ޢަރަޤުކުރެއްވި ދުވަސް ކަމަށާއި މުސްލިމުންނަށްޓަކައި ހާއްސަ ކުރައްވާފައިވާ ދުވަސްތައް މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. 

މީގެ އިތުރުން މުޙައްރަމް މަހުގެ ދިހަ ވަނަ ދުވަހަކީ ހެޔޮ ކަމާއި ދިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި މުޙައްރަމް މަހަކީ މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މި މަސް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!