ޚަބަރު

ގޭސްފުޅިއެއް ގޮވައި، މީހަކަށް އަނިޔާ ވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން، އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

Ads by MWSC

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މ.ދިއްލިވިލާ ގޭގައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާއަކީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ހާދިސާއެއް ކަމަށް ބެލެވޭކަމަށެވެ.

އުނދުން ރޯ ކުރަން އުޅުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން އަންނަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް އަޅާފައި ނުހުންނާތީ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ ރ.މަޑުއްވަރީގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!