ވަކީލުން ރައީީސް ޔާމީނާއި ބައްދަލު ކުރެއްވުމަށް ހުރަސް އެޅީ އިމްރާން އަންގައިގެން: އިދިކޮޅު

ކުރީގެ ރައީސް ޔާމީންއާއި ބައްދަލު ކުރުމަށް ދިއުމުން އެކަމަށް ހުރަސް އެޅީ، މި ސަރުކާރާއެކު ކޯލިޝަން ހަދައިފައިވާ ޢަދާލަތު ޕާޓީގެ ރައީީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަންގައިގެން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާއި ބައްދަލުކުރަން އެ މަނިކުފާނުގެ ޤާނޫނީ ވަކީލުން މިއަދު އެ ފުރުސަތު ނުލިބުމާއި ގުޅިގެންނެވެ.
ޕީޕީއެމްއިން ބުނީ، ވަކީލުންނަށް ބައްދަލުކުރަން ވަގުތު ދިނުމަށް ފަހު، މާފުއްޓަށް ދިއުމުން އެކަން ހުއްޓުވީ ހޯމް މިނިސްޓަރ ޝެއިހް އިމްރާންގެ އެންގެވުމަށް ކަމަށެވެ.
އަދި މި ބައްދަލުވުމަށް ހުރަސް އަޅާފައިވާތީ އެ ޕާޓީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިކަމާއި ގުޅިގެން ރައީސް ޔަމީންގެ އިސް ޤާނޫނީ ވަކީލު، ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ ފައިލްތައް ބަލަން އޮފިސަރުންނަށް އަންގާފައިވާ ކަަމަށާއި، ދުސްތޫރީ މައްސަލައިގެ ލިޔެކިއުން ބަލަން މަސައްކަތް ކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.