ޚަބަރު

އިމިގްރޭޝަންގެ މަސައްކަތް ހަރުދަނާކުރަން އިންޑިއާއާއެކު އެއްބަސްވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު ރާއްޖެ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިނެވެ. އިންޑިއާގެ ފަރާތުން ސޮއިުރެއްވީ އެގައުމުގެ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ، ސުމާންތް ސިންހެވެ.

އިމިގްރޭޝަނުން ބުނީ މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި އިމިގްރޭޝަނުގެ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލުކުރުމަށާއި، ބޯޑާ ކޮންޓްރޯލް މެނޭޖްމެންޓް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އިމިގްރޭޝަން ހިދުމަތްތަކާއި ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެއިތުރުން އިންސާނީ ވަގުފާރި އާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!