ޚަބަރު

މިނިވަން 58 ފާހަގަކުރުމަށް އުރީދޫން 50 ރުފިޔާ އަށް 58 ޖީބީ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް, މިނިވަން 58ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.

Ads by MWSC

އުރީދޫން ބުނީ، މި އޮފާ ހާއްސަކޮށްފައިވަނީ މިނިވަން 58 ޕެކް​​ މިނިވަން ދުވަހާއި ކުރިއަށް އަތް ޗުއްޓީ ތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ކަމަށެވެ. މިނިވަން 58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ 50 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން #1*929* އަށް ގުޅައިގެން ނުވަތަ D50 ޖަސާ 5555 އަށް އެސްއެމްއެސް ކުރުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ބުނީ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިހްލާސްތެރިކަމާއެކު އެންމެހާ ދިވެހިންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފަރ އެއް ކަމަށް ނިޔާޒު ބުންޏެވެ.

އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ މާދަމާއިން ފެށިގެން އޮގަސްޓް 31، 2023ގެ ނިޔަލަށް ނެގޭނެ ކަމަށް އުރީދޫން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!