ރައީސް މައުމޫންގެ ޖަމިއްޔާ، މައުމޫން ފައުންޑޭޝަން އުވާލަނީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޖަމިއްޔާ، މައުމޫން ފައުންޑޭޝަން އުވާލަން ޔޫތު މިނިސްޓްރީ އިން އިއުލާންކޮށްފިއެވެ.
މައުމޫން ފައުންޑޭޝަނާ އެކު އިތުރު 1989 ޖަމިއްޔާއެއް އުވާލަން އެ މިނިސްޓްރީ އިން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ޔޫތު މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައިވަނީ އުވާލަން ނިންމާފައިވާ ޖަމިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.
ޔޫތް މިނިސްޓްރީން ބުނެފައިވަނީ މިހާރު އިއުލާނު ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދޭނަމަ، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތް ކަމަށެވެ.
ކޮންމެ ކަމެއް ގޮވާނީ އަތަށް