ބާބީއެއްގެ ގޮތުގައި ގިނަ މީހުންނަށް ރީތިވީ އައިޝްވަރްޔާ

ޓެކްނޮލޮޖީގެ މި ޒަމާނުގައި، އާޓިފިޝަލް އިންޓެލިޖެންސް(އޭއައި) ބޭނުން ކޮށްގެން، ތަފާތު އާޓް ތައްޔާރު ކުރެއެވެ.
ބޮލީވުޑްގެ ބަތަލާއިން ހިމަނައިގެން، ތައްޔާރު ކުރި އޭއައި ވީޑިއޯއެއް ވައިރަލްވެފައިވާއިރު، މި ވީޑިއޯގައި އާލިއާ ބަޓް، ކެޓްރީނާ ކެއިފް، އައިޝްވަރްޔާ ރާއީ، ކަރީނާ ކަޕޫރު، އަދި ރަޝްމިކާ މަންޑަނާ ވަނީ "ބާބީ"ގެ ސިފަ ޖައްސައިފައެވެ.
ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ މީހުން ބުނީ، އައިޝްވަރްޔާ ހީވަނީ އަސްލު ބާބީއެއްހެން ކަމަށާއި، ދެން ތިބި ތަރިންގެ "އެ ލުކް ނެތް" ކަމަށެވެ. އަދި ހޮލީވުޑްގެ ބާބީ ފިލްމުން އެ ފެންނަ ތަރިއަށް ވުރެ ވެސް ބޮޑަށް، އައިޝްވަރްޔާ ބާބީ އަކާއި ވައްތަރު ކަމުގައި ވެސް ބުނެފައިވެއެވެ.
އަދި ބަތަލާ ކަރީނާ ކަޕޫރު، އެއްވެސް ވަރަކަށް ބާބީ އަކާއި ވައްތަރު ނޫން ކަމަށް ބުނެ، ސޯޝަލްމީޑިއާގެ ފާޑުކިޔުން އަމާޒު ކުރިއެވެ.