ޚަބަރު

ހާސްކަމެއްގެ ތެރޭގައި މިތެބެނީ ގޭތެރޭގެ މައްސަލަތަކާހުރެ, ތަރައްޤީ ކުރަންވީ ބްރިޖެއް ނޫން, ގޭތެރެ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ގޭތެރޭގައި ދިމާވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި ތަރައްޤީ ކުރަން ޖެހެނީ އެކަން ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ, މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޭދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ, މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރެވޭނެ ގޮތްވެސް ހޯދަންޖެހޭ ކަމަށެވެ. މިކަމަކީ ރާއްޖޭގެ ގިނަ ގެތަކަށް ދިމާވެފައިވާ މައްސަލައެއްކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ތަރައްގީ ނުވެގެން މި އުޅެނީ ބްރިޖެއް ނޫން. ގޭތެރެ. އަޅުގަނޑުމެންގެ އަމިއްލަ ގޭތެރެ. އަޅުގަނޑުމެން ހާސްކަމެއްގައި މިތިބެނީ ގޭތެރޭގެ ކަންތައްތަކާއި ހުރެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ, މިއަދުގެ ރާއްޖޭގެ ހާލަތަށް މެނިފެސްޓޯ ހަދާ ކެނޑިޑޭޓުން ވެސް ނުވިސްނަވާ ކަމަށެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ހަދާ މެނިފެސްޓޯ އިން އުޅެނީ އިރު ހަނދާއި ތަރިތަކަށް އަރަންވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ

ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިނަށް ނަޝީދާއި އިލްޔާސް އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ހިތަދޫގައި ޑޯޓުޑޯ ހަރަކާތެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

Ads by Allied Insurance
  1. މަނިކުފާނުގެ ގޭތެރެ ރަގަޅުނުވެގެން އެކަމުގެ ހާސްކަން މަތީގައި ތިހުންނަވަނީ ކީއްވެތޯ ގޭތެރެ ރަގަޅުކޮށް އޮޅިގަޑުވެސް ރަގަޅުކޮށްލަ، އަބަދު ހާސްކަންމަތީގައި ހުވަފެން ބަލަން ހުންނާނެ ކަމެތްނެތް،ބިސްމި ކިޔާފަ ފަށައިގަން ނަންވީ މީހުން އަދި ހުސްނުވޭ !