ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ކެންޑިޑެސީ ކަށަވަރު ވެގެންދާނެ: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤާނޫނީ މަރުޙަލާގެ ތެރެއިން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ކަށަވަރު ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް، އަދި ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ވަނީ ހުށަހަޅައިފައެވެ. ފޯމު ހުށަހެޅުއްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަކީ ސިޔާސީ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އެންމެހައި މެމްބަރުންގެ އިތުރުން، ވަރަށް ގިނަ ރައްޔިތުންގެ ޙައްޤާއި ގުޅިފައިވާ ކަމެއް ކަމަށެވެ. ޖަމީލު ވަނީ، ވީ އެންމެ އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވައި، ރިޔާސީ ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ގޮވައިލައްވައިފައެވެ.

"ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބު، އިންތިޚާބަކީ. އެހެންވީމަ، ޙައްޤުތައް ވަރަށް ގިނަ، ރާއްޖޭގެ ނިޒާމުގެ ތެރެއިން ވެސް، ކުރައްވަން ޖެހޭ ކަމަކީ މިވަގުތުން މިވަގުތަށް ވެސް، އިސްތިއުނާފު އޮތީ ހުށަހަޅާފައި. އެހެންވީމަ، އެމަނިކުފާނަށް ކެމްޕެއިން ކުރެއްވޭނެ ގޮތަށް ދޫކޮށްލެއްވުން."

ޖަމީލު އިތުރަށް ވިދާޅުވީ، ޝަރުޢީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ، ރައީީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމާއި ހަމައަށް، ރައީީީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ވެސް އޮންނާނީ ނިމިފައި ކަމަށެވެ.

ރިޔާސީ އިންތިޚަަބާއި ކުރިމަތިލާއިރު، ދިވެހީންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލަކީ ރާއްޖޭގެ މިނިވަންކަމާއިމެދުގައި އޮތް ސުވާލު ކަމަށާއި، އެކަން ދިފާޢު ކުރެއްވުމަށްޓަކައި، ރައީީސް ޔާމީން މިހާރު ވެސް އެ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ޙައްޤުގައި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ު

Ads by Allied Insurance
  1. އަބްދޫ

    މަޖިލީހުގެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގަ ނިހާއީ ހުކުމެއްގެނެވޭނީ ގާނޫނުއަސަސީގެ 74 ވަނަ މާއްދާގަ ވާގޮތުގެ މަތީން ސްޕްރީމްކޯޓުން ..ގާނޫނުއަސަސީގެ 130 ގެ ށ ގެ 2 ވަނަ ނަންބަރުގައި ގައިވާގޮތުން 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއްއައިސްފައިވަމިހަކަށް ކުރިމަތިލެވޭނީ އެކުކުމުން މިނިވަންވިތާ 3 އަހަރު ވެފައިވާނަމަ. ރައީސް މައާފް ދެއްވިޔަސް މައާފް ދެއްވިތާރީހުން ފެށިގެން 3 އަހަރު ވެގެން ކުރިމަތިލެވޭނީ