ޚަބަރު

އަންނަ ހަފްތާގައި ރާއްޖެއަށް އިތުރު 10،000 ޓެސްޓު ކިޓް ލިބޭނެ: އެޗްއީއޯސީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އަންނަ ހަފްތާގައި ރާއްޖެއަށް އިތުރު 10000 ޕީސީއާރް ޓެސްޓު ކިޓް ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިވަގުތު ކޮވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި ސްޓޮކްގައި ހުރީ 15000 ޕީސީއާރު ޓެސްޓް ކިޓު ކަމަށާއި އަދި އިތުރު ޓެސްޓް ކިޓުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ހުރި ކިޓްތަކުން ގާތްގަނޑަކަށް ދެ ހަފުތާ ވަރު ބޭނުން ކުރެވޭނެ. އަދި ކުރިއަށްއޮތް ހަފުތާގައި އަޅުގަނޑުމެންނަށް އިތުރު 10،000 ކިޓްސް އެބަ ލިބޭ. އެހެންވީމާ އިރާދަކުރެއްވިއްޔާ ކޮންޓިނުއަސްކޮށް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ" ނަޒްލާ ވިދާޅުވިިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެ އާއި އައްޑޫ އާއި ކުޅުދުއްފުށްޓާއި، ތިނަދޫ އަދި އުނގޫފާރޫގައި ވެސް އަންނަނީ މި ބައްޔަށް ޓެސްޓު ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ވަނީ މި ބައްޔަށް ޓެސްޓު ކުރުމަށް 99،000 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައެވެ.

މި ބައްޔަށް ޓެސްޓު ކުރުމުގެ އިތުރުން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހަމަޖައްސާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!