ޚަބަރު ސިޔާސީ

ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ހުށަހެޅީ މުއިއްޒު އާއި އާދަމް ޝަރީފް އެކަނި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރިމަތިލައިފިއެވެ.

Ads by Sosun Fihaara

އެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށެވެ. އެ ފުރުސަތުގައި ފޯމް ހުށަހެޅުއްވީ މުއިއްޒު އަދި އާދަމް ޝަރީފް އެކަންޏެވެ.

ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން، ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރާ ފަރާތެއް ކަނޑައަޅާނީ، މިއަދު ހަވީރު 4:00ގައި ބާއްވާ، ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

މުއިއްޒު ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށް މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!