ޚަބަރު

34 ޓީމާ އެކު އުރީދޫ މަސް ރޭސް މިއަދު ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ހަތަރު ސިޓީގައި ބާއްވާ ގޮތަށް މި ފަހަރު ކުރިއަށް ގެންދަން ނިންމާފައި އޮތް އުރީދޫގެ މަސް ރޭސް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

Ads by STELCO

މު މުބާރާތް ފަށަން ނިންމާފައި ވަނީ މާލެއިންނެވެ. އެ ސިޓީން މަސް ރޭހުގައި 34 ޓީމަކުން ވާދަކުރާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މިއަދު މެންދުރު ފަހު މާލޭގައި މުބާރާތް ފެށުން އޮންނާނީ މެންދުރު ފަހު 2:30 ގައި މަސްވެރިންގެ ޕާކުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

އުރީދޫ މަސް ރޭސް 2023 ގެ ތާވަލު:

  • މާލެ: އޮގަސްޓް މަހުގެ 4 ގައި
  • ކުޅުދުއްފުށި: އޮގަސްޓް 11 ގައި
  • އައްޑޫ: އޮގަސްޓް 18 ގައި
  • ފުވައްމުލައް: އޮގަސްޓް 25 ގައި

އުރީދޫން ބުނީ މާލެއިން 34 ޓީމު ބައިވެރިވާ، އިރު ކުޅުދުއްފުށިން 23, އައްޑޫން 13 އަދި ފުވައްމުލަކުން ވެސް 13 ޓީމު އެ ބައިވެރިވާ ކަމަށެވެ. މުބާރާތަށް އުރީދޫން ވަނީ ޖުމްލަ 160،000ރ. ރުފިޔާގެ އިނާމު ހުށަހަޅައިފައެވެ.

  •  އެއްވަނަ ޓީމް: 25،000 ރުފިޔާ
  •  ދެ ވަނަ ޓީމް: 10،000 ރުފިޔާ
  •  3 ވަނަ ޓީމް: 5000 ރުފިޔާ
  •  އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  •  އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!