ދީން

މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދޭ ބަޔަކަށް ވެއްޖެނަމަ, މުޖްތަމަޢު ތެރޭގައި ހެޔޮ އަމަލުތައް އާންމު ވާނެ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދޭ ބަޔަކަށް ވެއްޖެނަމަ, މުޖްތަމަޢު ތެރޭގައި ހެޔޮ އަމަލުތައް އާންމު ވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ހެޔޮކަމުގެ ތަޅުދަނޑި "މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ހެޔޮ ކަމުގެ ތަޅުދަނޑިއަށް އެދޭ މީހާ އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ ތެދުމަގު ދައްކައި އެޅޭ މީހަަކަށް ވާން ޖެހޭ ކަމަށެވެ. އަދި މީހުންނަށް ހެޔޮ ނަސޭހަތް ދޭ ބަޔަކަށް އަހަރެމެން ވެއްޖެ ނަމަ މުޖްތަމައު ތެރޭގައި ހެޔޮ އަމަލުތައް އާންމު ވާނެ ކަމަށާއި އޭގެ ސަބަަބުން އަހަރެމެންނަކީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް, ނުބައި ކަންތައްތައް ނަހީ ކުރާ ބަޔަކަށް ވެގެންދާނެ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހެޔޮކަމުގެ އެންމެ މުހިންމު ތަޅުދަނޑި އަކީ ފައިދާހުރި އިލްމުތައް އުންގަންނައި ދިނުމާއި ތަފާތު ވަސީލަތްތަކުން އިލްމު ފެތުރުން ކަމަށާއި ހުރިހާ ހެޔޮ ކަމެއްގެ އަސާސަކީ ޝަރުޢީ ގިއުގަނޑުގެ ތެރޭގައި ދެވޭ އަސާސީ ތަޢުލީމު ކަމަށް ވެސް ހުތުބާގައި ބުންޏެވެ. 

ހުތުބާގައި ބުނީ މިހާރު އަހަރެމެންގެ ތެރޭގައި ފެތުރެމުންދާ ނުބައި އާދަތަކާއި ބަދު އަހުލާގީ އަމަލުތަކާއި އިސްލާމް ދީނާއި ހިލާފު ފިކުރުތަކުގެ ސަބަބަކީ ނުބައި ކަންތައްތަކުގެ ތަޅުދަނޑި ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!