ޚަބަރު ސިޔާސީ

މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ މާލޭ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ތައްޔާރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

މުއިއްޒު މާދަމާ އިލެކްޝަންސްއަށް ފޯމު ހުށަހަޅަން ތައްޔާރީތައް ވަމުން އަންނައިރު، ސުޕްރީމް ކޯޓުން މިއަދު ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންއާއި ދެކޮޅަށް ކެންޑިޑެސީގެ މައްސަލަ ނިންމައިފައެވެ.

އެ ކޯޓުގެ ޙުކުމާއެކު ރައީސް ޔާމީން އެދިވަޑައިގަތީ، މި އަހަރުގެ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.

އެމަނިކުފާނު އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވާލި ނަމަވެސް، ޕީޕީއެމް ސެނެޓުން ފާސް ކޮށްފައިވަނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ.

މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ބަލައި އިދިކޮޅުން ވާދަ ކުރައްވާނީ އޭނާ ކަމަށް ނިންމައިގެންނެވެ. ނަމަވެސް ޕީޕީއެމުން ކުރިން ބުނެފައި ވަނީ، ޕީއެންސީގެ ކެންޑިޑޭޓަކު ނެރުމަކީ "ޕްލޭން ސީ" ކަމަށެވެ.

 

Ads by Allied Insurance
  1. ރާއްޖޭގެބާޒު

    މުއިޒުފަޅިން އެގެނައީ އިންޓާނަލްކޫ އެކެވެ. އަޅުގަނޑު ދެކެނީ އެގޮތަށެވެ. މުއިޒު ފައިސާއިން ސެނެޓް ގަނެލީކަމަށެވެ. ސިޓީކައުންސިލް ލިބުނު ހިސާބުން ކުޅެފައިވާ ކުޅިއެކެވެ. މީގެ ފަހަތުގައި ފައިސާ ޕަންޕުކުރުމަށް ގާސިމާއި ޖަނގިޔާ އާއި މައުމޫނުގެ ތާއީދެއް ވާނެއެވެ. އިންޑިއާގެ ރޭވުމަކަށް ވާނީ!! އުމަރު މިވާހަކަތައް ދަށްކަން ފަށައިފި ނަމަ އުމަރަށް ބައެއް ވޯޓު ލިބޭނެއެވެ. އިތުރުވާނެއެވެ. މިއީ ހަރުކޮށް ދަށްކަން ޖެހޭ ވާހަކައެކެވެ. މިއީ ޔާމީނު ޖަލުގައި ބޭންދުމަށް ރޭވުނު ކޫއެކެވެ. ކުޅުނީ ސުޕްރީމްކޯޓު ތެރެއިންނާއި ޕީޕީއެމް ތެރެއިންނެވެ! ޖަމީލުގެ ވެސް ރޯލެއްވާނެއެވެ!!