ޚަބަރު ސިޔާސީ

ވެރިކަން ލިބިއްޖިއްޔާ ރައީސް ޔާމީން ޖަލުން މިނިވަން ކުރާނަން: މުއިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.

Ads by MWSC

ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުން ކަމަށެވެ.

“އެންމެ ފުރަތަމަ ކަމަކަށް ވެސް އަޅުގަނޑު ފުރަތަމަ ގެންނާނަން. މާނައަކީ އިއްޔެ ފެށި މަސައްކަތް އިތުރަށް ގިއަރު މަތިކުރަމުން ގޮސް، ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަމޭ” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވި އިރު އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވަން ކެނޑިޑެސީ ފޯމު ހުށަހެޅި ނަމަވެސް އެމަނިކުފާނުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ. ކޮމިޝަންގެ އެ ނިންމުން ރަނގަޅުކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ނިންމައިފައެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތެއްގައި ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި މުއިއްޒު ނިކުންނަވަން ލަފާ ދެއްވީ އެމަނިކުފާނެވެ.

Ads by HDC
  1. މީނާތި

    ފުރަތަމަ ވަޢުދުވެސް ބޮޑު ވަގެއް މިނިވަންކުރުން!!!!.