ޚަބަރު ސިޔާސީ

އެމްޑީޕީ ފިޔަަވާ ރިޔާސީ އިންތިހާބަށް ތައްޔާރުވެފައިވާ އިތުރުު ޕާޓީއެއް ނެތް: މާރިޔާ 

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީ ފިޔަަވާ އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވެފައިވާ އިތުރު ޕާޓީއެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ މިހާހިސާބަށް އައިއިރު ފެންނަނީ ހަމައެކަނި އެމްޑީޕީ, ރިޔާސީ އިންތިހާބަށް ތައްޔާރަށް ތިބި މަންޒަރު ކަމަށެވެ. އަދި ކެންޑިޑޭޓަކު ހޮވީ ޕްރައިމަރީ އެއް ބޭއްވުމަށް ފަހު ހުރިހާ މެމްބަރުންގެ ބަހާއެކު ކަމަށް މާރިޔާ ވިދާޅުވިއެވެ.

" މިހާހިސާބަށް އައިއިރު އަޅުގަނޑަށް ފެންނަނީ ހަމައެކަނި އެމްޑީޕީ މި ރިޔާސީ އިންތިހާބަށް ތައްޔާރަށް ތިބި ކަން. އަޅުގަނޑުމެން އެތެރޭގެ އިންތިހާބެއް ބާއްވައިފިން, ޕްރައިމަރީއެއްގެ ތެރެއިން ހުރިހާ އެމްޑީޕީ މެމްބަރުންނަށް ބަސް ބުނަން ލިބި, އަޅުގަނޑުމެން ކެނޑިޑޭޓެއް އިހްތިޔާރުކޮށްފިން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކެމްޕެއިނާށް ނިކުމެ ތިބި އިރު މެނިފެސްޓޯ ވެސް ތައްޔާރުވެފައިވާ ކަމަށާއި 5 ވައުދު މިހާރު ހާމަކޮށްފައިވާނެ ކަމަށެވެ. އެއީ އުފާވެރި ދިރިއުޅުމެއް, އާ ޒުވާނުންގެ ޖީލެއް, އަމާން މުޖްތަމަޢުއެއް, އިގްތިސާދީ ބޮޑު ބަދަލު އަދި ހެޔޮ ވެރިކަން ކަމަށް މާރިޔާ ވިދާޅުވިއެެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!