މިއަދު ކޮވިޑަށް ފައްސިވީ 145 މީހުން، އޭގެ ތެރޭގައި 123 ދިވެހިން ހިމެނޭ
މިއަދު އިތުރު 145 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި، ބަންގްލަދޭޝްގެ 11 މީހަކާއި، އިންޑިއާގެ ތިން މީހަކާއި ލަންކާ ފަސް މީހަކާއި ނޭޕާލް، ޖަޕާން އަދި ޖޯޑަން މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6370 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2431 މީހުންނަށެވެ. އެގޮތުން 161 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3915 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން ވަނީ 24 މީހަކު މިހާތަނަށް މަރުވެފައެވެ.
Ads by HDC