ޚަބަރު

ﷲއަށް ހަމްދުހުރި، މިއަދު އިތުރު 127 މީހަކު ބަލިން ރަނގަޅު ވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 127 މީހަކު ރަނގަޅު ވެއްޖެ އެވެ.

Ads by MWSC

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 127 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3915 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު 145 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި، ބަންގްލަދޭޝްގެ 11 މީހަކާއި، އިންޑިއާގެ ތިން މީހަކާއި ލަންކާ ފަސް މީހަކާއި ނޭޕާލް، ޖަޕާން އަދި ޖޯޑަން މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6370 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2431 މީހުންނަށެވެ. އެގޮތުން 161 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 24 މީހަކު މިހާތަނަށް މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!