މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރުމުގެ ވިސްނުންވެސް ނުގެންގުޅޭ ކަމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު، ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޮގު ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލު ވިދާޅުވީ، މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އަދި އެއްވެސް މަސައްކަތެއް ނުވަތަ އެފަދަ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށާއި، ޕީޕީއެމްގެ ބަދަހި ސަފުގެ ފަހުލަވާނުން ހުއްޓުމެއް ނެތި އިޙްތިޖާޖް ވަރުގަދަކޮށް ރައީސް ޔާމީނަށް ދެމުންގެންދާ ލާއިންސާނީ އަދަބާއި، އަނިޔާއާ ދެކޮޅަށް އައު ހިތްވަރެއް ނެރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ޙައްލަކީ އިޙްތިޖާޖް. އިޙްތިޖާޖު!"
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގަައި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އެންގެވުމަށް ހޯމް މިނިސްޓްރީންނެވެ.
އަދި ހޯމް މިނިސްޓްރީގެ އެންގެވުމާއި އެއްގޮތަށް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާނެކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ނަމަވެސް ކޮމިޝަނަރ އޮޕް ޕްރިސަންސް އަހްމަދު މުހައްމަދުފުޅުު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލުކުރަން ނިންމާފައި ނުވާ ކަމަށެވެ.
“ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ގެޔަށް ބަދަލުކުރިކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާތީ، އެއީ ސައްހަ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވަން” މުހައްމަދުފުޅު ވިދާޅުވިއެވެ.
ޖަމީލަކީކަމެއްވާ މީހެއް ނޫން މިހާރުވެސް އަންނި އާ ޙަވާލަކުރަނިކޮށް ޔާމީން ގެއަށްބަދަލްކޮއްލާނެ
ހައްލަކީ އިހުތިޖާޖެއްނޫން. ޖަމީލޫ ކަލޭ ތިހިރީ ފޭލިވެފަ. ތިހެން ތެޅިތެޅި ހުއްޓާ މުއީޒު ޓިކެޓު ދަމަިގަތީ. އެޔޮއް ކެމްޕޭނު ކުރަނީ. ކަލޭ ހުރޭ ޔާމީނުގެ ޓިޝޫކޮޅަކަށް ވެގެން. ހައްލަކީ އަބަދުވެސް ޢުމަރު.
ޖަމީލް އިހްތިޖާޖަނުތަކަސް ހަލެނުވާނެ އިތުރު ހުކުން ތަކެއްއައި ޖަލުގައި ހޭދަކުރާނެ އިތުރުދުވަސްތަކެއް ކުރިމަތިކުރުވާފައި ކަލޭމެން ނުކުމެއްޔާމީންގޭދޮށުގައި ބޮޑުބެރުޖަހާފަނަށާ ފާތުމަވެސް ހުންނާނެ އަތްތަނަޑިޖަހަން ތިވަރަ ޔާމީނަ އަނިޔާކުރާކަނުވާނެޔޯ ނަސީދު ވިދާލުވީ