މުއިއްޒުގެ ސަރުކާރެއް އުފެދިއްޖެނަމަ، ރައީސް ޔާމީނުގެ ފުރާނަފުޅަށް ނުރައްކާވާ ހާލަަތަށް ކަންތައްތައް ދާނެ: ރައީސް ނަޝީދު
މުއިއްޒުގެ ސަރުކާރެއް އުފެދިއްޖެނަމަ، ޕްރޮގްރެސިވް ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ފުރާނަފުޅަށް ނުރައްކާވާ ހާލަަތަށް ކަންތައްތައް ދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕޭން ދަތުރުފުޅުތަކުގައި ގއ. ކޮލަމާފުށްޓަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ނަޝީދުވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެކި ތުހުމަތުތައް ކުރައްވާފައެވެ.
އެގޮތުން، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހުދު ރައީސް ނަޝީދަށް ވެސް ޖެހިވަޑައިގެންނެވި ހާލުކޮޅު ކަމަށާއި، ވެރިކަމުގެ އެއްވެސް ކަމަކަށް ހިޔާލު ދެއްވުމުގެ ފުރުސަތު ޔާމީނަށް އޭރުން ނޯންނާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ފުރާނަފުޅަށް ނުރައްކާވާ ހާލަަތަށް ކަންތައްތައް ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"މުއިއްޒުގެ ސަރުކާރެއް އުފެދިއްޖެ ނަމަ، ދެން އޭގެ މިސާލު އިތުރަށް ދުރަކަަށް ދާކަށް ނުޖެހޭނެ މިހިރީ. ދެން ރައީސް ޔާމީނަށް ވާނެ ގޮތް. ބާކީކުރުން، ވެރިކަމުގެ ކަންކަމުން ދުރުކުރުން، އެންމެ ފަހުން އައިސް މަރުގެ ތުންފަތް މައްޗަށް އައުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހަމައެއާއެކު، މުއިއްޒުގެ ސަރުކާރެއްގައި ގެއްލުން ވާނީ ހަމަ އެކަނި ރައީސް ޔާމީނަކަށް ނޫންކަމަށާއި، މުޅި ރާއްޖެއަށް ވެސް އޭގެ ގެއްލުންވާނެ ކަމަށް ތުހުމަތުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެދުވަހަކުން ރައްޔިތުންގެ އަތުން ރާއްޖެ ބީވެގެންދާނެކަމަށެވެ.
"އަދި އަޅުގަނޑުމެން އަތުން ދިވެހި ރާއްޖެ ބީވެގެންދާ މިންވަރަށް ރާއްޖޭގެ ކަންކަން ހައްދުފަހަނައަޅައި ދިއުން. މިމަގަށް އަޅުގަނޑުމެން ދީލާލުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ކުރެއްވި ތުހުމަތުތަކާއެކު އެ ޕާޓީގެ މެމްބަރުންނަށް ރައީސް ނަޝީދު ގޮވައިލެއްވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދުކުރެއްވުމަށެވެ.
ބްރޯ މޮޔަ ނުގޮވާ ކީއްވެތަ ޜިޔާސީ ކެންޑިޑޭޓަކަށް ކުރިމަތި ނުލީ ލާން ނުކެރުނީ ތާއީދު ނެތީމަތަ؟ތިޔަ އިލްޔާސަކަށް ވޯޓެއްނުދޭނެ އައްޑޫ މީހުނެއް
މުއިއްޒު ހޮވިގެން ޔާމީނު ރިހަޔައް ކޮށާ އަވައްޓެރިންނައް ބެހިޔަސް މިފަހަރު ވޯޓުދޭނީ މުއިއްޒުއައް
ފަސާދަ އުފައްދަން ފާޑު ފާގެ ވާހަކަތައް ހަދަހަދައިގެން ދެއްކިޔަސް ކަލޭދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު މިހާރު ނޫޅެ.
ފާޑުފާދު ވާހަކަ ދެއްކެވުން ރަނގަލު ނުވާނެ
ރުނޑިއައުނިކެ
މީ ކޮހެއް ގޮވާ މީހެއްތަ؟
ތިޔަކަން ކުރާނީ ނަސީދު ތަ؟ ބަލަގަ ރިޒްވާނު ވަގަށް ނަގާފަ ޔާމީނު ބޮލުގަ އަޅުވަން ތިއުޅެނީ ވެސް ނަސީދު،ބޮމެއް ގޮއްވީވެސް އަމިއްލަޔަށް . އެބޮމުގެ ކުރިންވެސް ބޮމެއްގަ ބައިވެރިވެގެން ހައްޔަރުކުރި ނަސީދަކީ ހައދުފަހަނަޅާފަ ހުރީ ހަގީގަތަކީ މިއީ ދީންގަބޫލެއްނުކުރޭ ވަގެއް،
އަދިވެސް މީނަ ގުރައިދޫގައި ބަހައްޓާކަށް ނުވޭތަ
ބްރޯ މޮޔަ ނުގޮވާ ކީއްވެތަ ޜިޔާސީ ކެންޑިޑޭޓަކަށް ކުރިމަތި ނުލީ ލާން ނުކެރުނީ ތާއީދު ނެތީމަތަ؟