ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ ލޯންޗްކުރަން ނިންމައިފިއެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ޕާޓީގެ އިސް ވެރިން ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރުމަށް ފަހު ރައްޔިތުންނާއި ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.
ދަ ޑިމޮކްރެޓްސްގެ ކެމްޕޭންގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. އަދި ހދ. އަތޮޅައް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންތި ވިދާޅުވީ އިންތިހާބު ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށެވެ.
 
 
  
                                                     
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
