ޚަބަރު

ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ 8 ޕްރޮޖެކްޓަކަށް އިންޑިއާ ސަރުކާރުން 5.95 މިލިއަން ރުފިޔާ ދޫކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ 8 ޕްރޮޖެކްޓަކަށް މޯބިލައިޒޭޝަން އެޑްވާންސްގެ ގޮތުގައި އިންޑިއާ ސަރުކާރުން 5.95 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. 

Ads by STELCO

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު، 11 ޖުލައި2023 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި މަޝްރޫޢުތަކުގެތެރޭގައި ހިމެނެނީ:

  • ރ. އުނގޫފާރު ހޮސްޕިޓަލުގައި މެންޓަލް ހެލްތް ޔުނިޓް  ތަރައްޤީކުރުން
  • ށ. ކަނޑިތީމުގަައި ވޮލީބޯޅަ ކޯޓެއް ތަރައްޤީކުރުން
  • މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުން
  • ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި އިކުއިޕްމަންޓް ހޯދުން
  • ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
  • ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުން
  • ސްކޫލްތަކުގެ ކޮމްޕިއުޓަރ ލެބް އަޕްގްރޭޑް ކުރުން
  • އުތީމުގަނޑުވަރުގެ ފުރާޅު ހިމާޔަތްކުރުމާއި ގަނޑުވަރުގެ ވަށައިގެންވާ ސަރަޙައްދުތަރައްޤީކުރުމުގެ މަޝްރޫޢު
  • ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުން

ރާއްޖޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާއިން ޖުމްލަ 361 މިލިއަން ރުފިޔާގެ ހިލޭ ކަނޑައަޅާފައިވެއެވެ.

މިވަގުތު އިންޑިއާއިން ދަނީ މިނިސްޓްރީ އޮފްފޮރިން އެފެއާޒާއި ކަމާބެހޭ ވުޒާރާތަކާއި ލޯކަލް ގަވަރމަންޓްތަކާ ގުޅިގެން ރާއްޖޭގެ 21 އަތޮޅެއްގައި 65 މަޝްރޫޢެއް ހިންގަމުންނެވެ.

އޭގެ ތެރޭގައި ތެރޭގައި ހިމެނެނީ ކުޅިވަރާއި،ތައުލީމާއި، ޞިއްޙީ ދާއިރާއާއި، މަދަނީ ވަސީލަތްތަކާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޘަޤާފީ ދާއިރާ ފަދަ ދިވެހިންގެ ހިތްތަކާ ވަރަށް ގާތް ދާއިރާތަކެވެ. މީގެތެރެއިން 27 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، 5 މަޝްރޫއެއްވަނީ ނިމުމާއި ގާތްވެފައިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!