މިދިޔަ މަހު ކޮވިޑް ޖެހުނީ ހަތް މީހުންނަށް

ރާއްޖެއިން މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވީ ހަތް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ ހަތް މީހުންނެވެ.
މާލެ ސަރަހައްދުން ފަސް މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވްވީ ދެ މީހުންނެވެ.
މި އަދަދުތަކާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 186,694އެވެ. އޭގެތެރެއިން 316 މީހަކު ވަނީ ނިޔާވެފައެވެ.