ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ފިރިހެނެކެވެ. މި މަރާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
އެ ފެސިލިޓީގައި ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް މިހާރުވެސް ފަރުވާދެމުންދާއިރު ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރޭތީ އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ ޑިސެމްބަރު މަހު ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށްވާ JN.1 ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުން ފެނި، މި ބަލި ފެތުރުން އިތުރުވެފައިވާ ކަމަށެވެ.