ޚަބަރު

ޖީ20 ތަސައްވުރާއެކު އިންޑިއާ ކުރިޔަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބިބެކް ޑެބްރޯއި ވިދާޅުވަނީ ކޮވިޑް-19 އާއި މޫސުމަށް އަންނަ ބަދަލުތަކާއި ޔޫކްރެއިންގެ މައްސަލަފަދަ ކާރިސާތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ހުރަސްއެޅިފައި ވިނަމަވެސް، ފައިނޭންޝަލް އިންކްލޫޝަން އާއި ޔުނިކް ޑިޖިޓަލް ޕަބްލިކް ގުޑްސް އުފެއްދުމުގައި އިންޑިއާއިން ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން ގިނަ ގައުމުތަކަކަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެފިއެވެ.

Ads by Sosun Fihaara

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ، 2030 ވަނަ  އަހަރާ ހަމަޔަށް ޤައުމުތަކުން ޙާޞިލުކުރާނެ އެޖެންޑާއެއްގެ ގޮތުގައި ބަލައިގެންފައިވާ ލަނޑުދަނޑިތަކެކެވެ. މީގެ ކުރިން މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް (އެމްޑީޖީ)ތަށް ޓްރެކްކުރެވި ކަނޑައެޅިފައިވާ އުސޫލުތައް އޮތްއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފާހަގަކޮށްފައިވާ 232 އިންޑިކޭޓަރުން 17 ފުޅާ ލަނޑުދަނޑިއެއްގެ މައްޗަށް 169 އަމާޒު އެކަށައެޅިފައި އެބަހުއްޓެވެ. ހަޤީގަތައް ބުނާނަމަ ސަރުކާރުތަކަށް ފޯކަސްކޮށް އެއާ ދެކޮޅަށް މާގިނަ ކަންތައްތަކަށް އަމާޒުކޮށްފައިއެބަވެއެވެ.

އެކަމަކު އެ އޮނިގަނޑަކީ ދީފައި ހަދާފައިވާ އޮނިގަނޑެކެވެ. ކޮވިޑުން އެ އުންމީދުތައް ފުނޑުފުނޑުކޮށްލީއެވެ. ކޮވިޑުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރީ މަރުތަކުން އެކަންޔެއް ނޫނެވެ. އެއާއެކު ބަލިމަޑުކަމާއި، ޞިއްޙީ އަދި ތަޢުލީމީ ގޮންޖެހުންތައްވެސް ކުރިމަތިކުރިއެވެ. ދުނިޔޭގެ ކުރިއެރުމާއި  ރިކަވަރީ އަކީ ނާޒުކު އެއްޗެކެވެ. މިކަން އިތުރަށް ސާބިތުވެގެންދަނީ ޔޫކްރެއިން ހަނގުރާމައިންނެވެ.

2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާއަކީ، ގިނަ ކާރިސާތަކަކާއި، ކެސްކޭޑިންގ އަދި އިންޓަރސެކްޓިންގ ކްރައިސިސްތަކުގެ ސަބަބުން ވަރަށް ބޮޑު ގޮންޖެހުންތަކެއް ތެރޭގައި އޮތް އެޖެންޑާއެއްކަން، ލިބެންހުރި ތަފާސް ހިސާބުތަކާއި އަންދާޒާތަކުން އެނގެއެވެ.

ޖެފްރީ ސޭކްސް އާއި އޭނާއާއެކު މަސައްކަތްކުރާ ފަރާތްތަކާއެކު ހެދި ޕެރަލަލް މޮނިޓަރިން ރިޕޯޓުން ދައްކާގޮތުގައި ކޮވިޑް-19 އާއި މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތަކަކީ ބޮޑެތި މައްސަލައަށް ވާއިރު، އޭގެ ސަބަބުން އެސްޑީޖީތަކުން ޝައުގުވެރިކަން ގެއްލިފައިވާކަމެވެ.

އޭގެ ސަބަބުން އެސްޑީޖީ އާއި ޕެރިސް ކްލައިމެޓް އެގްރީމެންޓް ފަދަ މެދުރާސްތާ އަދި ދިގު މުއްދަތުގެ ލަނޑުދަނޑިތަކާ ގައުމީ އަދި ބައިނަލްއަގްވާމީ ޕްލޭންތަކުގެ އިތުރުން އަމާޒުތަކަށް އަމަލުކުރުން މަޑުޖައްސާލާނެކަމުގެ ބިރު އޮވެ، ކުރު މުއްދަތުގެ މައްސަލަތަކަށް ސަމާލުކަން ބަދަލުކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ބައިނަލްއަގްވާމީ ފެންވަރުގައި ލިބެން ހުރި ފައިސާ ވެސް ހަނިވެގެންދާނެކަމެވެ.

އިންޑިއާ، އެސްޑީޖީ އަދި ކޮވިޑް

އެސްޑީޖީއާ ދިމާލަށް އަމާޒުހިފުމަކީ ކުރިއެރުމާއި ތަރައްޤީ ހޯދުމުގައި އިންޑިއާ އިން ކުރަން ބޭނުންވާ ކަމެކެވެ. "ސަބްކާ ސާތު ސަބްކާ ވިކާސް ސަބްކާ ވިޝްވާސް" އާއި ދިރިއުޅުމުގެ ފަސޭހަކަމާއި ވިޔަފާރީގެ ފަސޭހަކަމަކީ 2014  ވަނަ އަހަރުގެ މެއި މަހުން ފެށިގެން ސަރުކާރުގެ އަމާޒުކަމުގައިވެފައިވާއިރު ، ނަރެންދުރަ މޯދީގެ ދެވަނަ ދައުރުގައި ވެސް މި ވިސްނުން ގެންގުޅެއެވެ.

ކޮވިޑްގެ ބަލިމަޑުކަން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އިންޑިޔާއަށްވެސް އަސަރުކުރިއެވެ. އެކަން ވެގެންދިޔައީ ބޭރުން އައި ބޮޑު ޝޮކެކެވެ.އޭރު ، ކުރިއަރާފައިވާ ދުނިޔޭގައި ގިނަ ބަޔަކު އަންދާޒާކުރި ގޮތުގައި އިންޑިޔާ އަޑިއަށް ދާނެއެވެ. މިލިއަނެއްހާ މީހުން މަރުވާނެއެވެ. ކޮންމެ މެޓްރިކަކަށް ވިޔަސް، ހާއްސަކޮށް އާބާދީއަށް ނޯމަލައިޒް ކުރާއިރު، އިންޑިއާ އިން ވަނީ ފާހަގަކޮށްލެވޭ ނަތީޖާ އެއް ނެރެފައެވެ. އިންފެކްޝަން ރޭޓާއި މަރުވާ ރޭޓް ވެސް ވަނީ ދަށްވެފައެވެ.

އޭރުބެލެވުނީ އިންޑިއާއަށް ދުވަހަކުވެސް އަމިއްލަ ވެކްސިނެއް އުފައްދައި، އެ ގައުމުގެ  އާބާދީއަށް ވެކްސިން ނުދެވޭނެކަމެވެ. މި ދެ ކަންތައްވެސް އިންޑިއާއިން ވަނީ ކާމިޔާބުކޮށްފައެވެ. ޑިޖިޓަލް އިންޑިޔާއަކަށް ބާރުއެޅުމާއި ވެލްފެއަރ ބެނެފިޓްގެ  ޕޯޓެބިލިޓީގެ ސަބަބުން އިންޑިޔާއިން ވަނީ ބޭރުފުށުން ކުރިމަތިވި މި ކާރިސާ ވަރަށް ރަނގަޅަށް ބެލެހެއްޓިފައެވެ.

ފިސްކަލް ޕޮލިސީއާ ބެހޭ ގޮތުން ދެކެވުނު ބަހުސްތަކުގައި،އޭރު ދީފައިވާ ލަފައަކީ ލޮކްޑައުން އާއި ޕެންޑެމިކް އިން އަރަގަންނަ އިރު އިގްތިސާދު ހަރުދަނާ ކުރުމަށް ޓަކައި އިންޑިއާއިން ދައުލަތުގެ ޚަރަދު، މާނައަކީ އާމްދަނީގެ ޚަރަދު އިތުރުކުރަންޖެހޭނެކަމެވެ. ހިލޭ ކާބޯތަކެތި (ޕްރަދާން މަންތުރީ ގަރީބް ކަލިޔާން އަންނާ ޔޯޖަނާ) ފިޔަވައި އެފަދަ އެއްވެސް ކަމެއް ކުރެވިފައެއްނުވެއެވެ. ޔޫނިއަން ސަރުކާރުން ކެޕިޓަލް ޚަރަދު ބޮޑުކުރީ، ކެޕިޓަލް ޚަރަދުގެ މަލްޓިޕްލަޔަރ އިފެކްޓްސް، ރެވެނިއު ޚަރަދަށްވުރެ ދެގުނައަށްވުރެ ބޮޑުކަން ޤަބޫލުކޮށް، މާލީ ރައްކާތެރިކަމަށް ފަރުވާކުޑަކޮށްނުލުމަށެވެ.

އެގޮތުން، މެކްރޮއިކޮނޮމިކް ފަންޑަމެންޓަލްސްއަށް ބަލާއިރު، އިންޑިޔާއަކީ މި ހުސްވި އަހަރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިޤްތިޞާދު، އަދި ކުރިއަށް އޮތްތާނގައިވެސް އެގޮތަށް ދެމިއޮންނާނެ ޤައުމެކެވެ. އިންފްލޭޝަނަށް ބަލާއިރުވެސް، މައިގަނޑު ގޮތެއްގައި އިމްޕޯޓް ކުރާ އިންފްލޭޝަންގެ ސަބަބުން އިންޑިޔާއިން ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ހޯދާފައެވެ.

2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ގެންގުޅޭ ސިޔާސަތުތައް ދެމެހެއްޓުމަށްވަނީ މަސައްކަތްކުރެވިފައެވެ.  ފުރަތަމަ ކަމަކީ ތަރައްޤީއާއި ކުރިއެރުމާއި އަދި ވިޔަފާރިވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް އޮތުމެވެ. ދެވަނަ ކަމަކީ، ބާރެއްގެ ގޮތުގައި ދެކެވޭ، އެންމެންގެ ބައިވެރިވުމެވެ. އެއީ ދަތުރުފަތުރުކުރުމުގައި ތައުލީމާއި ސިއްހަތާއި ކަރަންޓާއި ގޭހާއި ފާހާނާ އާއި ފެނާއި ޓެކްނޮލޮޖީ އާއި މާލީ އުފެއްދުންތައް އެންމެންވެސް ފޯރުކޮށްދިންކަމެވެ. މިކަމުގެ ސަބަބުން ކުރިން ނިކަމެތިވެފައިވާ މުޖްތަމައުތައް އަރައިގަތުމަށް މަގުފަހިވެގެންދެއެވެ. 2020-21 ހިންގުނު "ބޭއަރ ނެސެންޝަލްސް" އިންޑެކްސް (ބީ.އެން.އައި) އިކޮނޮމިކް ސަރވޭ އިން މިއިޞްލާޙުތައް މިންވަރުކޮށް އަޅާކިޔާފައިވެއެވެ. ބާކީ އޮތް ބަޔަކީ ސޯޝަލް އިކޮނޮމިކް އެންޑް ކާސްޓް ކޮންސެންސަސް (އެސްއީސީސީ)  ބޭނުންކޮށްގެން ސަބްސިޑީ ހައްގުވާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް އަމާޒުހިފާ، އާދަރް ނަމްބަރުން ސީޑްކޮށްފައިވާ  އެކައުންޓްތައް ޑީބީޓީ (ޑައިރެކްޓް ބެނެފިޓް ޓްރާންސްފާ) ބޭންކާ ގުޅާލުމެވެ. ސަރުކާރުގެ ޑޭޝްބޯޑުތައް ފިޔަވައި، މި ކުރިއެރުންތައް ނޭޝަނަލް ފެމިލީ ހެލްތް ސާވޭ (އެންއެފްއެޗްއެސް-5) ގައި ދީފައިވާ ޖަވާބުތަކުގައްޔާއި ތާޑް ޕާޓީ އޮޑިޓްކުރުމުގައި މިކަން  ފެންނަން އެބަހުއްޓެވެ. ވީމާ މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް (އެމް.ޑީ.ޕީ.އައި) ބޭނުންކޮށްގެން ޔޫ.އެން.ޑީ.ޕީ.ގެ 2022 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، އިންޑިޔާގެ ގިނަ ބަޔަކު ފަޤީރުކަމުގެ ދަރަޖައިގެ މައްޗަށް އުފުލިފައިވާކަމީ ހައިރާންވާންޖެހޭ ކަމެއްނޫނެވެ.

އެހެންކަމުން، އެހެން ޤައުމުތަކުން އެސް.ޑީ.ޖީތަކާއި ފެޔައްޖެހިފައިވިނަމަވެސް، އިންޑިޔާއޮތީ ގިނަ ޤައުމުތަކަށްވުރެ މާ ރަނގަޅު ހާލަތެއްގައިއެވެ. އަދި ޖެފްރީ ސެކްސްގެ ކުރިން ފާހަގަކޮށްފައިވާ ޑޭޝްބޯޑުން ވެސް މިކަން ފާހަގަކޮށްލެވެއެވެ.

އެސްޑީޖީ އިންޑިކޭޓަރުތަކަކީ ގައުމުތަކުން އެޑަޕްޓްކޮށް މޮޑިފައިކުރާ އިންޑިކޭޓަރުތަކެއް ކަމަށް ބެލެވެއެވެ. އެގޮތުން އިންޑިޔާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަން (އެމްއޯއެސްޕީއައި) ގައި ނެޝަނަލް އިންޑިކޭޓަރ ފްރޭމްވޯކެއް އޮވެއެވެ. އިންޑިޔާއަށް އޮތީ ސްޓޭޓްތަކުގެ ފެންވަރުގައި ހިންގޭ ކަންކަމުގެ ނަތީޖާއެވެ. އެސްޑީޖީ އިންޑެކްސްގެ މައްޗަށް ބިނާކޮށް އެންއައިޓީއައި އިން ސްޓޭޓްތަކަށް ސްކޯ ދެއެވެ. ވީމާ ޕާފޯމަންސްގެ މިންގަނޑުގައި އިންޑިއާ ފަހަތުގައި އޮންނަން ދިމާވަނީ ކޮން ސްޓޭޓްތަކެއްގެ ސަބަބުންތޯ ފަސޭހައިން ދެނެގަނެވެއެވެ. ދައުލަތުން ޙަރަދުކުރުން އިތުރުކޮށް،  އެންމެ ބޮޑު ނަތީޖާއެއް ނެރެވޭނެ ދާއިރާތަކަށް ސަމާލުކަންދޭންވީ ދިމާއެނގިގެންދެއެވެ. އެސްޕިރޭޝަނަލް ޑިސްޓްރިކްޓްސް ޕްރޮގްރާމަކީ 2018 ވަނަ އަހަރު އިފްތިތާހުކުރި މިފަދަ ފޯކަސްގެ މިސާލެކެވެ.

އިންޑިއާ އާއި ޖީ-20

ޑިސެމްބަރު 1، 2022 ގައި އިންޑިއާ އިންވަނީ އިންޑޮނޭޝިއާގެ އަތުން ޖީ-20 ގެ ރިޔާސަތާއި ހަވާލުވެފައެވެ. 18 ވަނަ ޖީ20 ހެޑްސް އޮފް ސްޓޭޓް އެންޑް ގަވަމެންޓް ސަމިޓް ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައެވެ.

ޖީ-20ގެ ރިޔާސަތާ ހަވާލުވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޖީ-20 އަށް އިންޑިއާގެ ވިސްނުން ބަޔާންކޮށް ލިޔުމެއް ފޮނުއްވާފައެވެ. އޭގައި ވަނީ އިންޑިޔާގެ މަޤްޞަދުތަކާއި ތަޞައްވުރު ބަޔާންކޮށަފައިއެވެ. "ޖީ-20ގެ ފާއިތުވި 17 ރިޔާސަތުން ވަރަށް ބޮޑެތި ނަތީޖާތަކެއް ނެރެފައިވެއެވެ. އޭގެ ތެރޭގަަައި މެކްރޯ-އިކޮނޮމިކް ސްޓޭބިލިޓީ ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ ޓެކްސް ރެޝަނަލައިޒް ކުރުމާއި، ޤައުމުތަކަށް ދަރަނީގެ ބުރަ  ލުއިކޮށްދިނުން  ފަދަ އެތައް ކާމިޔާބީއެއް ހިމެނެއެވެ. މި ކާމިޔާބީތަކުގެ ތަޖުރިބާ ލިބި، އިތުރު ކާމިޔާބީތައް ހޯދާނީ އޭގެ މައްޗަށް ބިނާކޮށެވެ."

ވިސްނުމުގައި ބަހައްޓަންވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރާ މަސައްކަތަކީ އޭގެ ކުރީގެ ސަމިޓްތަކުގެ އެޖެންޑާ ކުރިއަށްގެންދިޔުމުގެ މައްޗައް ހިންގޭ ކަންތައްތައް ކަމެވެ. "އެހެންނަމަވެސް، އިންޑިޔާއިން މި މުހިންމު ވިސްނުން ޤަބޫލުކުރާއިރު،ސުވާލު އުފެދެނީ- ޖީ-20 އަދި މިއަށްވުރެވެސް ފުޅާކުރެވިދާނެތޯއެވެ؟ މުޅި އިންސާނިއްޔަތަށް ފައިދާވާ ގޮތަށް، އަސާސީ ވިސްނުން ބަދަލުކުރެވިދާނެހެއްޔެވެ؟ އިންޑިޔާގައި މަޤްބޫލު މިފަދަ އެއް އަސާސަކީ ދިރޭ ތަކެއްޗާއި، އަދި ދިރުންނެތް ތަކެއްޗަކީ ފަސް މާއްދާއިން އެކުލެވިގެންވާ ފަދައިން- ބިމާއި، ފެނާއި،  އަލިފާނާއި، ވައި އަދި ޖައްވުގެ ދިރުމެވެ. މި ހުރިހާ ބައިތަކެއް ގުޅިފައި އޮތުމަކީ އަޅުގަނޑުމެންގެ ޖިސްމާނީ، އިޖްތިމާޢީ، އަދި ތިމާވެށްޓަށް  ޓަކައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

ދުޅަހެޔޮކަން

އިންޑިޔާގެ ޖީ-20 ގެ ރިޔާސަތުން މަސައްކަތް ކުރާނީ "ވަން އާރތް، ވަން ފެމިލީ، ވަން ފިއުޗަރ" ޝިޢާރުގެ ދަށުން އެއްބައިވަންތަކަމުގެ މި ޔުނިވަރސަލް ސެންސް ކުރިއެރުވުމަށެވެ. މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި، ބަލިމަޑުކަން ފަދަ މައްސަލަތައް ޙައްލުކުރެވޭނީ އެކަކު އަނެކަކާ ހަނގުރާމަކޮށްގެން ނޫން ކަމަށާއި، އެންމެން އެކުގައި ޢަމަލުކޮށްގެން ސާބިތުކޮށްދިނުމަށެވެ.

މިއަދުގެ ޓެކްނޮލޮޖީގެ ސަބަބުން އިންސާނިއްޔަތަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ވަސީލަތްތައް ލިބިގެންދެއެވެ. މިއަދު ދިރިއުޅެމުން އަންނަ ބޮޑެތި ވާޗުއަލް ދުނިޔެތަކުން ދައްކުވައިދެނީ ޑިޖިޓަލްގެ ސްކޭލެބިލިޓީ ޓެކްނޮލޮޖީއެވެ. މިއީ އެސް.ޑީ.ޖީގެ މައިގަނޑު ބޭނުމެވެ.

ދެވަނަ ބައިގައި ފާހަގަކޮށްފައިވާ އިންޑިޔާގެ ކާމިޔާބީތަކާ ބެހޭގޮތުން އިތުރަށް ދަންނަވާލަން އޮތީ، "ޤައުމީ ތަރައްޤީއަކީ ޓޮޕް ޑައުން ގަވަރނަންސްގެ މައްޗައް ހިންގޭ އެއްޗެއް ނޫން، އޭގެ ބަދަލުގައި ރައްޔިތުން އިސްނަގައިގެން ހިންގާ އެއްޗެކެވެ. ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އޯޕަން، އިންކްލޫސިވް އަދި އިންޓަރ އޮޕަރޭބަލް ޑިޖިޓަލް ޕަބްލިކް ގުޑްސް ވަނީ އުފެއްދިފައެވެ. އިޖުތިމާޢީ ރައްކާތެރިކަމާއި، މާލީ ގޮތުންނާއި، އިލެކްޓްރޯނިކް ޕޭމަންޓް ފަދަ ތަފާތު ދާއިރާތަކުން އިންގިލާބީ ކުރިއެރުންތަކެއް މިކަމުގެ ސަބަބުން ވަނީ ލިބިފައެވެ. މި ހުރިހާ ސަބަބުތަކަކަށްޓަކައި، އިންޑިޔާގެ ތަޖުރިބާތައް ބައިނަލްއަޤްވާމީ ގޮތުން ހޯދިދާނެ ޙައްލުތައް ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. ޖީ-20ގެ ރިޔާސަތުން އިންޑިޔާގެ ތަޖުރިބާތަކާއި، އުނގެނުމާއި، މޮޑެލްތައް، އެހެން މީހުންނަށް، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ހުށަހަޅައިދޭނެއެވެ. ޖީ-20 ގެ އިސްކަންތައް ބައްޓަންކުރާނީ ހަމައެކަނި ޖީ-20 ޕާޓްނަރުންގެ އިތުރުން، ދުނިޔޭގެ ދެކުނުގައި އޮތް އަޑު ފަނޑުވެފައިވާ އެކުވެރި ޤައުމުތަކާއި ވެސް މަޝްވަރާކޮށްގެންނެވެ.

ޖީ20ގެ ދަށުން ވަރަށް ގިނަ ޕެރެލަލް ޕްރޮސެސްތަކެއް ހުރެއެވެ. ވޯކިން ގްރޫޕްތައް މެދުވެރިކޮށް ފަހިކޮށްދޭ ޝެރްޕާ އަދި ފައިނޭންސް ޓްރެކްތައް އެބަހުއްޓެވެ. ގިނަ އެންގޭޖްމަންޓް ގުރޫޕްތަކެއް އެބަހުއްޓެވެ. ޖީ-20 ގެ ރަސްމީ ބައްދަލުވުންތައް ދިއްލީގައި އަދި އެކި ސިޓީތަކުގައި އޮންނާނެއެވެ. މިއީ އިންޑިއާގެ ރިޔާސަތުން ޖީ-20އަށް ތަޢާރަފްކުރި އެންމެންގެ ބައިވެރިވުން ހިމެނުމުގެ ވިސްނުމެވެ. އާދެ، އިންޑިޔާގެ ސަޤާފަތާއި ތަރިކައާއި ކާމިޔާބީތައް ދައްކުވައިދޭނެއެވެ. އެއިން ފެނިގެންދަނީ އެސްޑީޖީއާއި، އިންޑިޔާއަށާއި، މުޅި ދުނިޔެއަށް އެޅިފިޔަވަޅުތަކުގެ ކާމިޔާބީއެވެ.

މަޝްހޫރު އިޤްތިޞާދީ އަދި ލިޔުންތެރިއެއް ކަމުގައިވާ ބިބެކް ޑެބްރޯއީ އަކީ ކައުންސިލް ޓު ދަ ޕްރައިމް މިނިސްޓާގެ އިކޮނޮމިކް އެޑްވައިޒަރީގެ ޗެއާމަންއެވެ. އަދި ފޫނޭގައި ހުންނަ ޕޯސްޓް ގްރެޖުއޭޓް އަދި ރިސާރޗް އިންސްޓިޓިއުޓް، ޑެކަން ކޮލެޖުގެ ޗާންސެލަރއެވެ. އޭނާ ވަނީ ގިނަ  ލިޔުންތަކެއް ލިޔުއްވައި/ އެޑިޓް ކުރައްވާފައެވެ. ފޮތްތަކާއި، ކަރުދާހާއި، މަޤްބޫލު ލިޔުންތައް، އަދި ބައެއް ނޫސްތަކަށް ކޮންސަލްޓިންގ/ ކޮންޓްރިބިއުޓިންގ އެޑިޓަރެއްގެ މަޤާމުތައް އަދާކުރެއްވި ބޭފުޅެއްވެސްމެއެވެ. އެބޭފުޅާ ވަނީ އިންޑިޔާގެ ހަތަރުވަނައަށް އެންމެ މަތީ މަދަނީ އިނާމު ކަމުގައިވާ ޕަދްމާ ޝްރީ ފަދަ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!