ޚަބަރު ސިޔާސީ

އަޅުގަނޑުގެ ވައުދުތަކަކީ ފުއްދޭނެކަމުގެ ޔަގީންކަމާއެކު ވެވަޑައިގަންނަވާ ވައުދުތައް: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ ކެމްޕޭނަށް ރަށްރަށް ވަޑައިގެން ވެވަޑައިގަންވާ ވައުދުތަކަކީ ފުއްދޭނެކަމުގެ ޔަގީންކަމާއިއެކު ވެވަޑައިގަންނަވާ ވައުދުތައް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީއެންސީގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ، މ، ފ އަދި ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ވައުދުވާނީ ކޮށްދެވޭ ކަންތައްތަކަށް ކަމަށެވެ.

އަދި ވަކި ކަމެއް ހާސިލް ކުރުމުގެ ނިޔަތުގައި ވައުދުތަކެއްވެ އެކަންކަން ނުކުރާ ބަޔަކަށް ނުވާނެ ކަމަށާއި “މާޒީން ތިޔަބޭފުޅުން އެކަންކަމަށް ހެކިވާނެ” ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިފާޅުވީ ވައުދުތައް ވެފައިވާ ނަމަ އެކަން ކޮށްދެވޭނެ ގޮތާއި، ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދޭންޖެހޭކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!