ޚަބަރު ސިޔާސީ

މުޢިއްޒު އަކީ ޤާބިލު ބޭފުޅެއް، ތަޢާރަފަކަށް ބޭނުމެއް ނުވޭ: ޣައްސާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީީސް ޔާމީން ދެއްކެވި ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު އަކީ ޤާބިލު، އަދި އިތުރު ތަޢާރަފަކަށް ވެސް ބޭނުން ނުވާ ބޭފުޅެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މިފަދައިން ވިދާޅުވީ، ގއ.ކަނޑުހުޅުދޫގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑެޓް، ޑރ.މުޢިއްޒުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައެވެ. އޭނާ ވިދާޅުވީ މުޢިއްޒު އަކީ ޙިކުމަތްތެރި، އަދި މަސައްކަތުގެ ވައްޓަފާޅި ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"ބޭރުން ފައިސާ ހޯއްދަވައިގެން، ރައްޔިތުންނަށް ދަރަނި ބޮޑު ނުކޮށް، ރައްޔިތުންގެ ޖީބަށް ލުއިވާނެ ފަދައިން، ތަރައްޤީ ގެނެސްދެއްވާނެ ލީޑަރެއްކަން އަޅުގަނޑަށް ޔަޤީން."

ޣައްސާން އިތުރަށް ވިދާޅުވި ގޮތުގައި، ޑރ.މުޢިއްޒަކީ ރައީސް ޔާމީންގެ ދަރިވަރެއް ކަމަށާއި، ޑރ.މުޢިއްޒުގެ ރަނިންމޭޓަކީ، ހުވަދު އަތޮޅަށް ނިސްބަތްވާ، ތަޢުލީމީ، އަދި މަޖިލީހުގެ ތަޖުރިބާ ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!